ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ:ރައީސް އޮފީސް
އައިހެވަން އާއި ގާދޫ ބަނދަރު މަޝްރޫއު ވަރަށް އަވަހަށް ފަށާނެ: ސައީދު
އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަން ރޭވި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓު ޕްރޮޖެންޓު، އައިހެވަން އާއި ލ. ގާދޫ ކައިރީ ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ސައީދު ވަނީ މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށާއި އެކަންކަމާ ގުޅޭ ތަފްސީލު ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"ރައީސް ޑރ މުއިއްޒުގެ ހަފްތާ14ގެ ހިމެނޭ ބައެއް މަސައްކަތުގެތެރެއިން، ލ ގާދޫކައިރީތަރައްގީކުރާ ކޮމާޝަލްޕޯޓާއި،ޕޯޓާއިލޮޖިސްޓިކްސް ހިމެނޭގޮތައް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދިމާލޭ ކޮމާޝަލްޕޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ. ވަރަށް އަވަހަށް އިއުލާނުކުރާނަން.." ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުގެ ރަށްވެހިކަން އޮތް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ލ. އަތޮޅުގައި ބަންކަރިންގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި އިއުލާނުކުރައްވާފަ އެވެ.

ތިލަދުންމަތީގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެވެ. އެކަމަކު، އެ މަނިކުފާނުގެ ވެރިކަން ވެސް ނިމުނީ އެކަމުގައި ނަތީޖާއެއް ނުދެއްކި އެވެ.

އިހަވަންދިއްޕޮޅު (އައިހަވަން) ގެ ނަމުގައި ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެސް އިއުލާނުކުރި އެވެ. އެ ސަރަހައްދުގެ ޕްލޭނިންގެ ބައެއް މަސައްކަތްތައް ވެސް އެގޮތުން އޭރު ކުރި އެވެ. އެކަމަަކު އެސަރަހައްދަށް އިންވެސްޓްކުރާނެ ބަޔަކު އޭރު އޮތީ ނުލިބިފަ އެވެ. އަދި ޔާމީންގެ ވެރިކަމުގައި ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރަން ވެސް އިއުލާނު ކުރި އެވެ. ގާދޫގައި ދިރިއުޅެމުން ދިޔަ މީހުން އެ އަތޮޅު ފޮނަދުއަށް ވެސް ބަދަލުކުރި އެވެ.

އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަކީ ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އެންމެ ބާރަށް ދެއްކި އެއް މަޝްރޫއެވެ. އެގޮތުން ހއ. އަތޮޅުގައި ހިމެނޭ އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާފަ އެވެ.

ރާއްޖޭގައި ޓްރާންޝިޕް ބަނދަރެއް ހެދުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ނިމު ރައީސް ސޯލިހު ސަރުކާރުން ހެދި ދިރާސާއަކުން ދައްކާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާލުވެފަ އެވެ. އެމަނިކުފާކު މިހެން ވިދާޅުވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 25 ސެޕްޓެމްބަރ 2022 ގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް