ads
މަނާ ކުރި ބޭސް
ހޮޑު ބޭހެއް ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފި
ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ހޮޑު ބޭސް "އެމިޑޯން ސަސްޕެންޝަން" ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ މި ބޭހުގެ ބެޗެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށެވެ. ދެން ބުނީ، އެ ބޭހަކީ ޕާކިސްތާނުގެ އުފެއްދުމެއް ކަމަށެވެ. 

އެހެންކަމުން މިއަދުން ފެށިގެން އެ ބޭހުގެ، އެ ބްރޭންޑުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާ ކަން އެ އޮތޯރިޓީން ވަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.

އަދި މި ކަމަށް ބޭސް ގަނެ، ވިއްކާ ހުރިހާ މީހުންވެސް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

ޕާކިސްތާނުގައި އުފައްދާ މި ބޭސް ރާއްޖެ އެތެރެކުރުން މަނާކުރި އިރު، އެ ގައުމުގައި އުފައްދާ، ކުޑަކުދިންނަށް ދޭ ސިޓްރިޒެން ސިރަޕެއް ރާއްޖެ އެތެރެކޮށް ވިއްކައި ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. 

މީގެ އިތުރުން، މި ފަހުން އެމްއެފްޑީއޭ އިން ވަނީ ކުޑަކުދިންނަށް ދޭ ޕެރެސެޓްމޯލް ވިއްކުމާއި ބޭނުން ކުރުން ވެސް މަނާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް