ads
ބްރޯޑްކޮމް އާއި އެމްއެމްސީ އާއެކު ރައީސް އޮފީހުން ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
ބްރޯޑްކޮމް އާއި އެމްއެމްސީ އާއެކު ރައީސް އޮފީހުން ހާއްސަ މަޝްވަރާ ބައްދަލުވުމެއް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހިމް ހަލީލް، ރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރުންނާ އެކު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި އެ އޮފީހުގެ ފަރާތުން ވަނީ ބްރޯޑްކޮމް އާއި އެމްއެމްސީން މީޑިއާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައި ކަމަށެވެ. މިގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާ އާ ގުޅޭ ލީގަލް ރީފޯމް ހުއްޓިފައިވާކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ރައީސް އޮފީހުން ބުނެފައި ވަނީ ސަރުކާރުގެ އެހީތެރިކަމާ އެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާ ކަމާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައި ކަމަށެވެ.

މީގެ އިތުރުންވެސް ބްރޯޑްކޮމް އާއި އެމްއެމްސީގެ މެންބަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވައުދާއި މީޑިއާގެ އިލްމީ ޖީލެއް ބިނާކުރުމަށާއި މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ވެވެޑައިގެންނެވި ވައުދަށް މަރުހަބާ ކިޔުއްވައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 10 ދުވަހުގެ ތެރޭގައި އެ އޮފީހުން ވަނީ ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައި ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް