ads
މިއަދު ކުރިއަށް ދިޔަ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ކޮމިޓީން ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ލަފާދިނުމަށް ނިންމާފަ— ފޮޓޯ: މަޖިލިސް
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ލަފާދީފި
ރަށު ކައުންސިލް މެންބަރުންގެ މުސާރައާއި އެލަވަންސް، 33 އިންސައްތައަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި، ބަޖެޓު ކޮމެޓީއަށް ލަފާދިނުމަށް، ލާމަރުކަޒީ ކޮމެޓީން ނިންމައިފިއެވެ.

ކޮމިޓީން ލަފާއަރުވަން ނިންމާފައިވަނީ ރަށު ކައުންސިލް މެންބަރުންގެ މުސާރަ 33 އިންސައްތައަށް ބޮޑުކުރުމަށެވެ.

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ކައުންސިލްތަކުގެ މުސާރައިގެ އޮނިގަނޑަށް އައިސްފައިވާ ބަދަލަށްބަލާއިރު ރަށު ކައުންސިލްތަކުގެ މެންބަރުންގެ މިހާރުގެ މުސާރައަކީ އިދާރީ މުވައްޒަފުންގެ މުސާރައާއި ބަލާއިރު އެއްހަމަ ކުރެވިފައިވާ މުސާރަތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.
 ރަށު ކައުންސިލް މެންބަރުންގެ މުސާރަ އިދާރީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. 

 ކޮމިޓީން ވަނީ ކައުންސިލްގެ ރައީސްއާއި ނާއިބު ރައީސް އަދި މެންބަރުންގެ މުސާރައަށް ގެންނަ ބަދަލު ކަނޑައަޅާފައެވެ.

ލާމަރުކަޒީ ކޮމިޓީން މާލިއްޔަތު ކޮމެޓީއަށާއި، ބަޖެޓު ކޮމެޓީއަށް ލަފާދިނުމަށް ނިންމީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 35 އިންސައްތަ ބޮޑު ކުރުމުން، ކައުންސިލުގެ އިދާރީ އިސް މުވައްޒަފުންގެ މުސާރައާއި ރަށު ކައުންސިލަރުންގެ މުސާރަ އެއްހަމަ ނުވަތަ އެއަށްވުރެ ބޮޑުވެފައިވާތީ އެކަމާއި ގުޅިގެން މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް