
އަލީ ޒާހިރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އަދި ވަކިން ހާއްސަކޮށް އިސްލާމިކް މިނިސްޓަރުގެ އިސްނެންގެވުމުގެ ދަށުން އުނގޫފާރުގެ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކުލާސްތައް ކުރިއަށް ގެންދެވޭ ގޮތް ވުމަކީ އެ ޔުނިވާސިޓީގެ ކިޔަވައިދިނުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދިއުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
މި މަރުކަޒު ދިވެހި ރާއްޖޭގެ އިސްލާމީ އުނިވާސިޓީގެ ދަށުން ހިނގަން ފެށުމުން ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވުމުގެ އިތުރުން ކުދިންނަށް ކިޔެވުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ކަމަކީ ޔުނިވާސިޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގަބޫލު ކުރާކަމަށެވެ. އަދި ހަމައެހެންމެ މި ކަންކަމާ ގުޅުން ހުރި މިނިސްޓްރީ ތަކުގެ އެއްބާރުލުމާ އެއްކޮށް ޔުނިވާސިޓީއަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.