ހަތް މަސް ދުވަހަށް ދެމިގެން ދިޔަ ތަހުގީގަށްފަހު މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ މައްސަލާގައި ހައްޔަރުކުރީ އެ ރަށު ތިން ޒުވާނުން ކަމަށްވާ އަޒްހަމް އަބްދުއްޝުކޫރާއި އަބްދުލްވާހިދު ރިފާސް އާއި ހަސަން ފަވާޒެވެ.
އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން މި ހަފުތާގައި ގޮތެއް ނިންމާނެ އެވެ. ނައީމާ މަރާލަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ވަޅި އާއި ހަމަލާދިންއިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނުތަކެއް ތަހުގީގައި ފުލުހުން ވަނީ ހޯދާފަ އެވެ.