ads
ރައީސް މުއިއްޒު ތުރުކީގެ ޓްރޭޑް މިނިސްޓަރާއި ސަލާމްކުރައްވަނީ: ތުރުކީގައި ބައްދަލުވުންތަކުގެ ތެރެއިން މަހުން ނަގާ ޓެރިފް އުނިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު— ފޮޓޯ؛ ރައީސް އޮފީސް
ތުރުކީއަށް އެކްސްޕޯޓްކުރާ މަހުން ޓެރިފް ނުނެގުމަށް މަޝްވަރާކޮށްފި
ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓްކުރާ މަހުން ޓެރިފް ނެގުން ހުއްޓުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތުރުކީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ތުރުކީގެ ޑެޕިއުޓީ ޓްރޭޑް މިނިސްޓަރު މުސްތަފާ ޓޫޒްކޫއާ ބައްދަލުކުރައްވާފަ އެވެ.

ބައްދަލުވުމަށް ފަހު ފޮރިން މިނިސްޓަރު ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައްދަލުވުގައި މަޝްވަރާކުރެވުނު ވާހަކަތައް ހިއްސާކުރައްވާފަ އެވެ.

އެގޮތުން ތުރުކީގެ މާކެޓަށް ރާއްޖޭގެ މަހުގެ ބާވަތްތައް ފަސޭހިން ވަދެވޭނެ މަގުފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، މަހުން ނަގާ އެކްސްޕޯޓްގެ ޓެރިފް އުނިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވި އެވެ.

ވިޔަފާރީގެ ގޮތުން އެއްބާރުލުންް އިތުރުކުރުމުގެ ތެރެއިން ރާއްޖެއާއި އާއި ތުރުކީގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް