ads
އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެ - ފޮޓޯ:އުރީދޫ
އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ރޭ ހަމަވަނީ
އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފި އެވެ.

އުރީދޫން ބުނީ ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަވުމުގެ ފުރުސަތު މި މަހުގެ ފަސްވަނަ ދުވަހު ހުޅުވާލެވިފައިވާއިރު، ފަން ރަންއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުން ކަމަށެވެ.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ފަން ރަންގެ ބައިވެރިންނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

އުރީދޫ ފަން ރަން ބިބްގައި ނަން ޖަހާނެ ގޮތް:

  • ރެޖިސްޓަކޮށްލުމަށް މޫލީއަށް ޒިޔާރަތްކޮށްލާ: https://mool.ee/funrun2023
  • ބޭނުންވާ ކިޓާއި ސައިޒު އިހުތިޔާރުކޮށް ކާޓްއަށް އެޑްކޮށްލާ
  • ކާޓް އިހުތިޔާރުކޮށް ޗެކްއައުޓްކޮށްލާ
  • ޑެލިވަރީ އެޑްރެސް އިހުތިޔާރުކޮށްލާ
  • ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖަހަން ބޭނުންވާ ނަން (ގިނަވެގެން ހަތް އަކުރު) ޖަހާލާ
  • އޯޑަރު ކަށަވަރު ކުރަން ފައިސާ ދައްކާލާ

ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ ކަމަށެވެ. އަދި 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ ކަމަށް އުރީދޫން ބުނެ އެވެ.

your imageއުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެ - ފޮޓޯ:އުރީދޫ

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކަށާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި އަންނަ މަހުގެ 22 ވާ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވީރު ބޭއްވޭ ފަން ރަންއަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށް ދާނެ އެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަންއަށް ރެޖިސްޓަ ވުމަށް http://ore.do/funrun2023 ޒިޔާރަތްކޮށްލާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް