ads
އާރުޓީއެލްގައި ހިމެނޭ ފެރީ އާއި ބަސް ދަތުރުތަކުގެ ހިދުމަތް ހޯދަން ހާއްސަކޮށްފައިވާ އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:އެމްޓީސީސީ
ފައިސާ ޖަމާކޮށްލެވޭ ޑިޖިޓަލް ވޮލެޓެއް އާރުޓީއެލް އެޕްލިކޭޝަނަށް އިތުރުކޮށްފި
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގައި ހިމެނޭ ފެރީ އާއި ބަސް ދަތުރުތަކުގެ ހިދުމަތް ހޯދަން ހާއްސަކޮށްފައިވާ އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފުކޮށްފި އެވެ.

އެޕްލިކޭޝަނަށް "އާރުޓީއެލް ވޮލެޓް" ގެ ނަމުގައި އިތުރުކުރި މި ފީޗާ އާއެކު ދުރާލާ ފެރީ އާއި ބަސް ދަތުުރުތަކަށް ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެ އެވެ.

މި ފީޗާގެ ބޭނުންކޮށް ވޮލެޓަށް ފައިސާ ޖަމާކުރެވޭނީ އާރުޓީއެލް އެޕްލިކޭޝަނުގައި އީމެއިލް އަދި ފޯނު ނަންބަރު ވެރިފައިކޮށްފައިވާ ފަރާތްތަކަށެވެ.

ވެރިފިކޭޝަން މަރުހަލާ ރަނގަޅަށް ފުރިހަމަކޮށްފައިވާ ނަމަ އެޕްލިކޭޝަނުގައިވާ އެމީހެއްގެ ޕްރޮފައިލް ކައިރީގައި ފެހި ކުލައިގެ ހެޔޮ ފާހަގައެއް އިންނާނެ އެވެ.

އާރުޓީއެލް ވޮލެޓަށް ވަނުމަށްފަހު "ޓޮޕް-އަޕް" އަށް ފިއްތާލައިގެން ކޮންމެ ބޭންކެއްގެ ކާޑެއް ބޭނުންކޮށްގެން ވިޔަސް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައި ވަނީ އާރުޓީއެލް އެޕްލިކޭޝަނަށް އިތުރުކުރި މި ފީޗާގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް