ads
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ކުރީގެ މިނިސްޓަރުގެ ޖަވާބު: ސަބްސިޑީ ދޫކޮށްފައިވާނީ ބަޖެޓުގައި ވާ ގޮތަށް
ދައުލަތުން ހަރަދުކުރާ ސަބްސިޑީ ދޫކޮށްފައި ވާނީ އެކަމަށް ހަމަޖެހިފައިވާ އުސޫލުން ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ މަޖިލީހަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފި އެވެ.
Advertisement

މިކަން ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ލިޔުމުން ފޮނުއްވި ސުވާލަކަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ޖަވާބުގަ އެވެ.

މެންބަރުގެ ސުވާލުގައި ވަނީ ސަރުކާރުން ދޫކޮށްފައިވާ ސަބްސިޑީޒްގެ އަދަދަކީ ކޮބައިތޯ އާއި އެކަން ކޮށްފައިވަނީ ދައުލަތުގެ ބަޖެޓުގައި ވާ ގޮތަށްތޯ ސާފު ކޮށްދިނުމަށް އެދިފަ އެވެ.

މެންބަރު ރަޝީދުގެ ސުވާލުތަކަށް ރައީސް ސޯލިހުގެ ސަރުކާރުގެ ފިނޭޭންސް މިނިސްޓަރު އިބްރާހީމް އަމީރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވަނީ ދައުލަތުން ހަރަދުކުރާ ސަބްސިޑީތައް ދޫކުރަނީ އެ އަހަރެއްގައި ފާސް ކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ސަބްސިޑީ ތަކަށް، އެ ސަބްސިޑީއެއް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް ހާމަކުރައްވާފަ އެވެ.

އޭގެއިތުރުން 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމަޔަށް ސަބްސިޑީއަށް ބަޖެޓު ކުރެވިފައިވާ މިންވަރާއި އެއަށް ހަރަދު ހިނގާފައިވާ ގޮތުގެ ތަފްސީލު ހާމަ ކޮށްދޭ ތާވަލެއް އެ ލިޔުމުގައި ހިމަނާފައި ވެއެވެ.

އޭގައި ވާގޮތުގައި ފިއުލް ސަބްސިޑީ، ކުނި މެނޭޖް ކުރުމަށް ދޭ ސަބްސިޑީ އަދި ޓްރާސްޕޯޓް ސަބްސިޑީގެ އިތުރުން ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް ވެސް ސަބްސިޑީ ދީފައިވެ އެވެ.

މީގެއިތުރުން ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ އާއި ފެން އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ ވެސް އެ މުއްދަތުގައި ދީފައިވާ ސަބްސިޑީގެ ތެރޭގައި ހިމެނެ އެވެ.

ޖަވާބު ސިޓީގައި އިތުރަށް ބުނީ، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަށް ދޭނެ ސަބްސިޑީގެ އަދަދެއް ލަފާކޮށްފައި ވީ ނަމަވެސް އެކަމަށް އެއްވެސް ފައިސާއެއް ހަރަދު ކޮށްފަ ނުވާކަމަށެވެ. އެކަމަށް ސަބްސިޑީއެއް ދީފައި ނުވާއިރު، މިދިޔަ މާޗު މަހުގައި ގައުމީ އެއާލައިނުގެ ޓިކެޓްގެ އަގު ބޮޑު ކުރަން ޖެހުނީ ސަރުކާރުން ދޭން އެއްބަސްވި ސަބްސިޑީ ނުދޭތީ ކަަމަށް މޯލްޑިވިއަނުން ބުނި ކަމަށެވެ.

ސަބްސިޑީތަކާ ބެހޭ ތަފްސީލުތައް ބަޖެޓު ފޮތުގެ މައުލޫމާތު ގޮޅިން އިތުރަށް ތަފްސީލުކޮށް ފެންނާނެ ކަމަށް ވެސް އަމީރުގެ ޖަވާބުގައި ވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް