
ޝިފާގް މުފީދު: ތަފާތު ފާޑުކިއުމަކާ އެކު، ޕީއެންސީގެ އެސްޖީ ކަމުން ވަކިވެ އެ ޕާޓީ އާ ދުރަށް ވަނީ ވަޑައިގެންފައި - ފޮޓޯ:ސަން
ތަފާތު ފާޑުކިއުމަކާ އެކު، ޕީއެންސީގެ އެސްޖީ ކަމުން ވަކިވެ، ޝިފާގު ޕާޓީ އާ ދުރަށް
މުހައްމަދު އަތީފް
30 ނޮވެންބަރ 2023 - 14:43:12
ތަފާތު ފާޑުކިއުމަކާ އެކު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުން ޝިފާގް މުފީދު އިސްތިއުފާ ދެއްވައި، އެ ޕާޓީ އާ ވަކިވެވަޑައިގެންފި އެވެ.
ޕީއެންސީގެ އެސްޖީކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގް މިއަދު އެ ޕާޓީގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒާއި އެ ޕާޓީ ހިނގާ މަގަކީ، "ހައްދުންމަތިން" އަންނަ މީހަކު ޕާޓީގެ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނިކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް "ހައްޕުނޑު" ބުރުވުމުގެ ނޭއްގާނީ އުސޫލަށްވެފައިވާ ކަމަށެވެ.
"މިފަދަ ހާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހީންގެރާއްޖޭގެ ދިވެހީން އެދޭމަގަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، މިސާހިތުން ފެށިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމާއި އަދި ޕާޓީގެ މެންބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" - ޝިފާގް މުފީދުގެ އިސްތިއުފާގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
ވެރިކަން ކުރާ ޕީއެންސީން ވަކިވެވަޑައިގެން ޝިފާގް މުފީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އުފައްދަވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އާ މިއަދު ގުޅިވަޑައިގެންފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް