ads
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
"މި މަގާމުގައި ދުށް އެންމެ ނުރައްކާތެރި ހަގުރާމައަކީ އިސްރޭލުން ހިންގާ ގަތުލުއާންމު"
އޮކްޓޫބަރު 7 ވަނަ ދުވަހު ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ގަތުލުއާންމު އެއީ އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމުގައި ހުންނަވާ އޭނާ ދުށް "އެންމެ ނުރައްކާތެރި ގަތުލުއާންމު" ކަމަށް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ.

ގާޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި އާންމުކޮށް ހުޅުވާލައިގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި ގުޓަރޭސް ވިދާޅުވި ގާޒާގައި އިސްރާއީލު ހިންގާ ފަދަ އަނިޔާވެރި ހަނގުރާމައެއް އޭނާ އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވަނިކޮށް ހިނގާފައި ނުވާކަމަށެވެ.

"ޔަހޫދީ އިސްރާއީލުން ގާޒާގެ މަދަނީ ތަންތަނަށް ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިން މަރުވެފައިވާ މިންވަރަށް ކުރުމުއްދަތެއްގައި ފަހުގެ ހަނގުރާމައެއްގައި ކުޑަކުދިން މަރުވެފައި ނުވާނެ.." ޕޯޗުގަލްގެ ކުރީގެ ބޮޑު ވަޒީރު އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި އެވެ. 

"ގަސްދުގައި މަދަނީން މެރުމާއި، އެމީހުން ރަހީނުކުރުމާއި އަނިޔާކޮށް ޒަޚަމްކުރުމަކީ ނުވަތަ މަދަނީ އަމާޒުތަކަށް ރޮކެޓް ހަމަލާތައް ދިނުމަކީ، އެއްވެސް ހަމައަކުން ރަނގަޅުކަމުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން."

މިއީ އދ. ގެ އިސް މަސްއޫލުވެރިއަކު މީގެކުރިން ވިދާޅުނުވާ ވަރުގެ ވާހަކައެކެވެ.

ގުޓަރޭސް ވިދާޅުވިގޮތުގައި ގާޒާގައި ޔަހޫދީ އިސްރާއީލު ހިންގާ ހަނގުރާމައިގެ އަމަލުތައް ވަގުތީގޮތުން ހުއްޓާލާފައިވާއިރު ދެން އަމަލުތައް އަލުން ގާޒާގެ އާންމުންނާ ދެކޮޅަށް ފެށުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ. އަދި ހަނގުރާމަތަކުގައި މަދަނީ ތަންތަނަށް ހަމަލާދިނުމުގެ ގާނޫނާ އިސްރާއީލު ޚިލާފުވެފައިވާކަމަށާއި އިސްރާއީލުން އިންސާނީ ހައްގުތަކާއި އާންމުންގެ ފުރާނައަށް އިހުތިރާމު ނުކުރާކަމަށާއި މިއީ ވަރަށް ދެރަކަމެއްކަމަށް ގުޓެރެސް ވިދާޅުވިއެވެ.

އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީ 2005 އިން 2015 އަށް އިސްކޮށް ހިންގެވި ގުޓަރޭސް ވިދާޅުވި ގޮތުގައި ހަނގުރާމައަކީ ވެސް ވަކި ހަމަތަކަކާއި ގަވާއިދުތަކެއް އޮންނަ ކަމެކެވެ. އެހެން ކަމުން ކޮންމެ ބަޔަކު އަސްކަރީ ހަރަކާތެއް ހިންގި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެބަޔަކު ހިފަހައްޓަންޖެހޭ ހަމަތައް ނަގަހައްޓައި އިހްތިރާމް ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

your imageއިޒްރޭލުން ދިން ހަމަލާއެއްގައި އިމާރާތެއް ބިމާހަމަވެފައި.

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިޒްރޭލު ސިފައިން ގާޒާ އަށް ދިން ވަރުގަދަ ހަމަލާތަކުގައި ގާޒާގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައިގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 15500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 11000 އަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގާޒާ އިން ޒަހަމްވި މީހުންގެ އަދަދު 37000 އަށް ވުރެ މަތިވެފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7500 އަށް ވުރެ މަތިވެފަ އެވެ.

ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ޖައްބާރު ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ އުދުވާން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު 24 ގަޑިއިރަށް ދަންމައިލަން މިހާރު ވަނީ ނިންމައިފަ އެވެ. މި އެއްބަސްވުމަށް ފުރަތަމަ އަމަލު ކުރަން ފަށާފައި ވަނީ ނޮވެންބަރު 24 ވީ ހުކުރު ދުވަހު ގާޒާ ގަޑިން ހެނދުނު 7 ޖެހިއިރު އެވެ.

އެއްބަސްވުމުގެ ހަ ވަނަ ދުވަހު ހަމާސް ޖަމާއަތުން ވަނީ އެ ޖަމާއަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން 10 މީހުން މިނިވަން ކޮށްފަ އެވެ. އަދި، އޭގެ ބަދަލުގައި ޔަހޫދީން ވަނީ ފަލަސްތީނުގެ 30 މީހުން ދޫކޮށްލާފަ އެވެ. އެއްބަސްވުމުގެ ފަސް ވަނަ ދުވަހު ހާމާސްއިން 12 އަސީރުން މިނިވަން ކޮށްފައިވާ ކަމުގައި ރެޑް ކްރޮސް (އައި.ސީއާރް.ސީ)ން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޒަޔަނިސްޓު އިސްރާޢީލުގެ 10 މީހުންނާއި ތައިލެންޑުގެ ދެ ރައްޔިތުންނެވެ.

ގާޒާގެ ރައްޔިތުން އިންސާނީ ބޮޑު ކާރިސާތަކެއްގެ ތެރޭގައި ތިބި އިރު، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ ޖައްބާރު އިޒްރޭލު ސިފައިން އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުން، ޔަހޫދީ އިޒްރޭލާ މެދު ގިނަ ބަޔަކު މިހާރު ނަފްރަތު ކުރެއެވެ. 

ސަބަބަކީ ޔަހޫދީ އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުން ދަނީ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި ކަމަށް ވިޔަސް، އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އޭގެ އިތުރުންގާޒާގައި ހުރި ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާތަކުގެ އިދާރާތަކާއި ގުދަންތަކަށް ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ. 

މީގެއިތުރުން އިޒްރޭލާ ޔަހޫދީ ސިފައިން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން އަދި އާންމު ރައްޔިތުން ގަސްތުގައި މެރުމާއި ފަލަސްތީނު ރައްޔިތުންގެ މުދަލާ ފައިސާތައް ޔަހޫދީ އިޒްރޭލުން ސިފައިން ފޭރުމެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް