
ބީއެމްއެލުން ބުނީ މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި އެ ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފައި ކަމަށެވެ. އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މުވައްޒަފުން ހިމެނޭ ރަށަކުން މި ދުވުމުގައި ބައިވެރިވެފައި ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުން ބުނެފައި ވަނީ ދުވުން ނިންމާލުމަށްފަހު އެ ބޭންކުގެ ފަރާތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސަބިލިޓީ (އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.
މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބީއެމްއެލުން އަންނަނީ އާންމުކޮށް އިވެންޓްތައް ބާއްވަމުންނެވެ. ބީއެމްއެލުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.