ads
ސަލްމާން މިސްކިތް
މިސްކިތުން ފައިވާން ވަގަށް ނަގާ މީހާގެ ވާހަކަ އަޑު އެހިންތަ؟
މިސްކިތްތަކުން ފައިވާން ވަގަށް ނެގުމަކީ އަހަރުމެންގެ ތެރޭގައި ވަރަށް އާއްމުވެފައިވާ ކަމެކެވެ. މިއީ އެތައް ފަހަރަކު މިސްކިތުން ފައިވާން ވަގަށް ނަގާފައިވާ މީހެއްގެ ވާހަކަ އެވެ.

ދެކުނުގެ ރަށަކަށް ނިސްބަތްވާ މި މީހާ، އިއްޔެ ހައްޔަރުކުރިއިރު، މި މީހާ މިސްކިތުން ފައިވާން ނެގުމުގެ އަށް ރެކޯޑު އޮތް ކަމަށް މިހާރުވެސް ކޯޓު އަމުރުތަކުން ދައްކަ އެވެ.

އުމުރުން 41 އަހަރުގެ މި މީހާގެ ވައްކަމުގެ އެހެން ރެކޯޑުތައްވެސް އެބަހުއްޓެވެ. އެކަމަކު ކޯޓު އަމުރުގައި ފާހަގަކޮށްފައި އޮތީ، މިސްކިތުން ފައިވާން ވަގަށް ނެގުމުގެ އަށް ރެކޯޑު އޮތް ވާހަކަ އެވެ.

މީގެ ކުރިން، މީހެއްގެ ޗެކު ފޮތެއް ވަގަށް ނަގައި، އޭގެން ޗެކަކުން ފައިސާ ނަގައިގެންވެސް މި މީހާގެ މައްޗަށް ހުކުމެއްވެސް ކޮށްފައި އެބައޮތެވެ. އެއީ ދެކުނުގެ ރަށެއްގެ ޕޯސްޓް އޮފީސް ފަޅާލައިގެން އެތަނުން ނެގި ޗެކެކެވެ. 

ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގެ ރެކޯޑެއްވެސް މި މީހާގެ އެބައޮތެވެ. 

ފައިވާން ވަގަށް ނަގައިގެން އެންމެފަހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން މި މީހާ 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

43%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް