ads
ގއ. ގެމަނަފުށީގައި އައިޕީއެންއެލްއެފްއިން ކުރިއަށް ގެންދިޔަ ވިޔަފާރި ހިންގުމާ ގުޅޭ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ: އައިޕީއެންއެލްއެފް
އީދުމަށި: އަންހެނުން ބާރުވެރިކޮށް ކުދި ވިޔަފާރިތަކަށް އިންގިލާބީ ބަދަލެއް
އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) އިން ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އަންހެނުން ކުރިއެރުވުމުގެ މަގްސަދުގައި އީ-ކޮމާސް ޕްލެޓްފޯމެއް ކަމަށްވާ "އީދުމަށި" ތައާރަފްކޮށްފި އެވެ.

ދެ ޖިންސުގެ ހަމަހަމަކަމާ ދެމެހެއްޓެނިވި މަސްވެރިކަމަށް ކުރާ މަސައްކަތުގެ ތެރެއިން ތައާރަފްކޮއްފައިވާ މި ޕްލެޓުފޯމަކީ ދިވެހި ބަހުން ފަރުމާކޮށް ރާއްޖެ އަށް ނެރުނު ފުރަތަމަ ޕްލެޓުފޯމެވެ. 

ޓެކްނޮލޮޖީ އާއި އާ އުފެއްދުންތައް ބޭނުންކޮށް އިތުރުކުރުމުގެ މަގުސަދުގައި ފަށާފައިވާ އޯޝަން އިނޮވޭޝަން ޗެލެންޖްގެ ތެރެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ އިތުރުން ރިޕޯޓްކުރުމެއް ނެތި ގަވައިދާ ހިލާފަށް ކުރާ މަސްވެރިކަމުގެ އާދަތައް ހުއްޓާލުމުގެ މަސައްކަތްފަށާފައިވާކަމަށް އައިޕީއެންއެލްއެފްއިން ބުނެ އެވެ.

އައިޕީއެންއެލްއެފްއިން ބުނިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އަދި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދީ ފައިދާތައް އިތުރުކުރުމެވެ. އަދި މީގެ އިތުރުން މަސްވެރިންނަށް މުހިންމު ފަންނީ އަދި މާލީ ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި 14 ގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމެވެ.  

މި އީ-ކޮމާސް ޕްލޭޓުފޯމް "އީދުމަށި" ގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އުޅޭ އަންހެނުންނަށް ދިމާވާ ގިނަ މައްސަލަތަކާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަމަށާއި އެގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި މާކެޓަށް ބޭނުންވާ ވަރަށް މައުލޫމާތު ނުލިބުމާ އުފެއްދުންތަކަށް ލިބެންވާ ވަރަށް ހަމަ އަގު ނުލިބުމާ މެދުވެރިންނަށް ބަރޯއްސާ ވާން ޖެހުމާއި މާލީ އެހީތެރި ކަމާ ތަމްރީނު ނުލިބުން ހިމެނެ ކަމަށް އައިޕީއެންއެލްއެފްއިން ބުނެ އެވެ. މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރި ކުރިއެރުވުމަށް ދަތިވެ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލަން ޖެހޭކަމަށާއި އެހެންނަމަވެސް "އީދުމަށި" އަކީ އުފެއްދުންތެރިންނާ ގަންނަ ފަރާތްތަކާ ސީދާ ގުޅުވައިދޭ ގޮންޖެހުންތައް މަދުކޮށް, ވިޔަފާރި ފުޅާކޮށް، މަސްވެރިކަމުގެ ހަރަކާތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް ބާރު އަޅައިދޭ ވަސީލަތެއް ކަމަށް އައިޕީއެންއެލްއެފްއިން ބުނެ އެވެ.

"އަޅުގަނޑު ހަގީގަތުގައިވެސް ގަބޫލުކުރާ ގޮތުގައި، މި އެޕްލިކޭޝަނަކީ ރަށްރަށުގެ ރަށްވެހިންނާއި ދުރު މާކެޓުތަކާ ގުޅާލުމުގެ ޤާބިލުކަން ލިބިފައިވާ އެޕްލިކޭޝަނެއް" - ޑރ. މުހައްމަދު ޝިހާމް އާދަމް ޑިރެކްޓަރ ފޯރ ސައިންސް އެންޑް ދަ މޯލްޑިވްސް، އައި.ޕީ.އެން.އެލް.އެފް

މީގެ އިތުރުން އައިޕީއެންއެލްއެފް އިން ވަނީ ގއ. ގެމަނަފުށިން 25 އަންހެނުންނަށް ވިޔަފާރި ހިންގުމާ ގުޅޭ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

your imageގއ. ގެމަނަފުށީގައި އައިޕީއެންއެލްއެފްއިން ކުރިއަށް ގެންދިޔަ ވިޔަފާރި ހިންގުމާ ގުޅޭ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ: އައިޕީއެންއެލްއެފް

މި ތަމްރީނުގައި ކުދި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ގޮތުުގެ އިތުރުން ފައިސާގެ މުއާމަލާތް ބަލަހައްޓާނެ ގޮތް ކިޔާދިނެވެ. އަދި ހަމައެހެންމެ ކާބޯތަކެތީގެ ސާފުތާހިރުކަމާ ރައްކާތެރިކަމާ ގުޅޭ ތަމްރީނުތައް ވެސް ދީފައިވެ އެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް އައިޕީއެންއެލްއެފްއިން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެންނަށް ލިބުނު ޓްރެއިނިންތަކުންނާއި މައުލޫމާތުތަކުން ބާޒާރަށް އެންމެ ބޭނުންވާ ތަކެއްޗަކީ ކޮބައިކަމާއި އެތަކެތި އުފައްދެމުގައި ބަލާނެ ކަންތައް ދަސްވި. އަޅުގަނޑުމެންގެ އުންމީދަކީ އީދުމަށި މިއީ ކާމިޔާބު ޕްލެޓްފޯމަކަށްވެ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވުން.  މަރިޔަމް ފަޒުނާ, ގއ. ގެމަނަފުށި

"އީދުމަށި" ގެ މަގްސަދަކީ މަހުގެ ބާވަތްތައް މާކެޓްކުރުމާއި ރާއްޖެގެ މަސްވެރިކަމުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވައި ކުރިއެރުވުން ކަމަށް ވާއިރު މިފަދަ ވަސީލަތެއްގެ ސަބަބުން މަހުން ތަކެތި އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް, ދުރު މާކެޓްތަކަށް އުފައްދާ ތަކެތި ފޯރުކޮށްދެވިގެން ދާނެއެވެ. އަދި ހަމަ އެހެންމެ މެދުވެރިންނަށް ބަރޯސާނުވެ ވިޔަފާރީގެ މުޅި ކޮންޓްރޯލް ލިބިގެން ދާނެ އެވެ. މީގެ އެދެވޭ ނަތީޖާ އަކަށް ވެގެންދާނީ މަސްވެރިކަމުގެ އިގްތިސާދީ ނަފާ މަސްވެރިކަމުގެ އެކި މަރުހަލާތަކަށް ބެހިގެން ދިއުމެވެ.

"ރާއްޖޭގެ މަސްވެރިކަމުގައި ގެންގުޅޭ ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި އާދަތައް ކުރިއެރުވުމުގައި އައިޕީއެންއެލްއެފް އިން ކުރަމުން ގެންދާ މަސައްކަތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އުންމީދަކީ ރާއްޖޭގެ ރަށްތަކުން އުފައްދާ ތަކެތި ދުރު މާކެޓުތަކަށް ފޯރުކޮށްދިނުމުގައި "އީދުމަށި" މުހިންމު ވަސީލަތަކަށްވުން." ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.

އައިޕީއެންއެލްއެފްގެ މި މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމަށް މުހިންމު ފިޔަވަޅެކެވެ. އަދި މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ، މަސްވެރިކަމުގެ އިގްތިސާދަށް ލިބުނު އަލިގަދަ އުންމީދެކެވެ.

"އީދުމަށި" އެޕް ޑައުންލޯޑް ކޮށްލައްވައިގެން އައި..ޕީ.އެން.އެލް.އެފްގެ މި މުހިންމު ދަތުރުގައި ބައިވެރިވުމަށް އައިޕީއެންއެލްއެފްއިން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް