ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ދެން ފެންނާނީ ތުރުކީ އާއެކު ކުރެވޭ ވިޔަފާރި ބޮޑުތަނުން އިތުރުވާ ތަން ކަމަށް - ފޮޓޯ:ރައީސް އޮފީސް
"ދެން ފެންނާނީ ތުރުކީ އާއެކު ކުރެވޭ ވިޔަފާރި ބޮޑުތަނުން އިތުރުވާ ތަން"
ދެން ފެންނާނީ ތުރުކީ އާއެކު ކުރެވޭ ވިޔަފާރި ބޮޑުތަނުން އިތުރުވާ ތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތުރުކީވިލާތަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދުން ތުރުކީގެ ރައީސް އާއި ނައިބު ރައީސް އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުރުން ވަރަށް ގިނަ ވަޒީރުންނާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ވަކިވަކި ބައްދަލުވުންތަކެއްގެ ގޮތުގައި ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހުރިހާ ބައްދަލުވުންތަކަކުންވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާމުން ވަރަށް ރަނގަޅު، ވަރަށް އުފާވެރި، ވަރަށް އުންމީދީ ބިންގާތަކެއް މި އެޅުނީ. ވިޔަފާރީގެ ގޮތުން ހާއްސަކޮށް. އިރާދަކުރެއްވިއްޔާމު ދެން ފެނިގެން ދާނީ މިއަދާ ހަމައަށް މި ދެ ގައުމު ދޭތެރޭގައި އޮތް ވިޔަފާރީގެ ލެވެލްއަށް ވުރެ، ވޮލިއުމަށް ވުރެ، އެތައް ގުނައަކަށް ވިޔަފާރި، ޓްރޭޑް އިތުރުވެގެންދާ ތަން. އެކަމަށް އަޅުގަނޑުމެން ތެރޭގައި އެއްބަސްވެވުނު،" - ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އިގުތިސޯދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ފާހަގަ ކުރެއްވި އެވެ. މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް