ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް - ފޮޓޯ:ރައީސް އޮފީސް
އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމުން ވަނީ އެއްބަސްވެފައި: ރައީސް
އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ތުރުކީ އާއި އެކުވެރި އަރަބި އިމާާރާތް (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން އިންޑިއާއާ ރަސްމީކޮށް ވާހަކަދެކެވި، ރަސްމީކޮށް އިންޑިއާ ސަރުކާރަށްވެސް ދެންނެވިފައިވާނެ ކަމަށެވެ. 

"އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާއި މިއަދާ ހަމައަށް އައިއިރު ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް އަޅުގަނޑުމެންގެ މި ޑިމޮކްރެޓިކް ނިންމުން، އަޅުގަނޑުމެންގެ މި ދިވެހި ރާއްޖޭގެ ނިންމުމަކީ މި ސަރަހައްދަށްވެސް މި ގައުމަށްވެސް އެއަށް އިހުތިރާމް އަދާ ކުރުން، އެހެން ހުރިހާ ފަރާތްތަކަށްވެސް މުހިންމު ނިންމުމަކަށް ވާނެތީ، އެކަމަށް އިހުތިރާމް އަދާ ކުރައްވާނެ ކަން، އެގޮތަށް ވިިދާޅުވެސް ވެފައި ވަަނީ،"

ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލޭނެ ކަމަށާއި މިހާރު ކުރިއަށްގެންދާ ރީތި ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އެކަން ވަރަށް އަވަހަށް ހާސިލުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ޓެކްނިކަލް ލެވެލެއްގައި ދެ ގައުމުން މިކަމުގައި މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އިންޑިއާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އެންމެ މަތީ ފަންތީގެ ކޮމިޓީގެ އެކުލަވާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިކަމަށް އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޓިކެޓް ހޯއްދެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި މިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ފެށިއެވެ. އެ ސިފައިން އަނބުރާ ފޮނުވާލުމަކީ މި ސަރުކާރުގެ ވެސް އެންމެ މައިގަނޑު އެއް ރިޔާސީ ވައުދެވެ.

މި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިއްބެވެ. އެއީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް