މިގޮތުން މިހާރު އިވެމުންދާ އަޑަކީ ކަންގަނާ އިންޑިއާގެ ރައްޔިތުންގެ މަޖިލިސް ލޮކްޝަބާ ގައި 2024 ވަަނަ އަހަރު ވާދަކުރަން ނިންމާފައިވާ ވާހަކައެވެ.
ކަންގަނާ މަޖިލީހަށް ކުރިމަތިލާން އުޅޭކަމަށް ބުނެ އިންޑިއާ ނޫހެއްގައި ހަބަރެއްވެސް ވަނީ ލިޔެފައެވެ.
ގިނަބަޔަކު ކަންގަނާ ލޮކްޝަބާއަށް ކުރިމަތިލާން އުޅޭވާހަކަ ދެއްކިއަސް ކަންގަނާ އެކަން ދޮގުކުރެއެެވެ.
"ރަހުމަތްތެރިންނާ އާއިލާ މީހުން ވަރަށް އެބަ ސުވާލުކުރޭ މަޖިލީހަށް ކުރިމަތިލާން އުޅޭތޯ؟ ނަމަވެސް އެއީ ހިޔާލީ ވާހަކަތަކެއް،" މަޖިލީހަށް ކުރިމަތިލާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ކަންގަނާ އޭނާގެ އިންސްޓްގްރާމުގައި ލިޔެފައިވެއެވެ.
ބޮލީވުޑުގެ ބައެއް މަޝްހޫރު ތަރިން މީގެ ކުރިންވެސް މަޖިލީހަށް ކުރިމަތިލައި ބައެއް ގޮނޑިތައް ކާމިޔާބުވެސް ކޮށްފައިވެއެވެ.