ads
ލޭގެ ޕްރެޝަރު
ލޭ ޕްރެޝަރު ދަށްކުރާނެ ކާނާ އިހުތިޔާރުކުރުން
ލޭގެ ޕްރެޝަރު މަތި ވުމަކީ ގިނަބަޔަކަށް ދިމާވާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ލޭގެ ޕްރެޝަރު ދައްކުރާނެ ކާނާގެ ބާވަތްތައް ކޮންޓްރޯލް ކުރުމަށް މުހިންމު ސަމާލުކަމެއް ދޭންޖެހެއެވެ.

ލޮނުކެއުން މަދުކުރުން : ދުވާލަކު 2،300 މިލިގްރާމް އަށް ވުރެ މަދުން ލޮނު ކެއުމަށް އަމާޒު ހިފާށެވެ. މިއީ ގާތްގަނޑަކަށް 1  ސައި ސަމްސާ ލޮނެވެ. އަޅުގަނޑުމެން ކާ ސޯޑިއަމް ނުވަތަ ލޮނު ގެ ގިނައިން ހުންނަނީ ޕްރޮސެސްޑް ކާނާތަކުން ކަމުން ލޭބަލްތައް ރަނގަޅަށް ކިޔައި، ވީހާވެސް ލޮނު މަދު ޕްރޮޑަކްޓުތައް ހޮވާށެވެ. 

ގިނައިން މޭވާއާއި ތަރުކާރީއާއި ހޯލް ގްރޭންސް ކެއުން: މި ކާނާތަކަކީ ގުދުރަތީ ގޮތުން ސޯޑިއަމް ނުވަތަ ލޮނު މަދު އަދި ޕޮޓޭސިއަމް، މެގްނީޒިއަމް، އަދި ފައިބަރު ގިނައިން ހިމެނޭ ކާނާތަކެވެ، މިއީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ކާނާތަކެކެވެ.

ލީން ޕްރޮޓީން ސޯސްތައް ހޮވުން: މަސް، ޕޯލްޓްރީ، އަދި ބިސް ފަދަ ލީން ޕްރޮޓީން ގައި ރަތް މަހަށް ވުރެ ސެޗުރޭޓެޑް ފެޓް މަދުވެއެވެ. ސެޗުރޭޓެޑް ފެޓްގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެދާނެ އެވެ.

ސިއްހަތަށް ގެއްލުން ދޭ ފެޓްތައް މަދުކުރުން: ރަތް މަހާއި، ތެލުލާފައިވާ ކާނާއާއި، ޕްރޮސެސްޑް ސްނެކްސްގައި ހިމެނޭ ސެޗުރޭޓެޑް އަދި ޓްރާންސް ފެޓްސް މަދުކުރާށެވެ. އޭގެ ބަދަލުގައި ޒައިތޫނި ތެލާއި އެވޮކާޑޯ އަދި ނަޓްސްގައި ހިމެނޭ ސިއްހަތަށް ފައިދާހުރި ފެޓްސް އިހުތިޔާރުކުރާށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް