ރާއްޖޭގެ މެރިން ދާއިރާގައި ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނޭޝަނަލް ބޯޓިން އެވޯޑު ދިނުމުގެ ރޭ ކުރުބާ މޯލްޑިވްސްގައި ބޭއްވި މި ހަފްލާގައި އެލިއާ އާއި ޔަމަހާއަށް ދެ އެވޯޑެއް ލިބިފައިވެ އެވެ.
އެންމެ މަގުބޫލު މެރިން އައުޓްބޯޑު އިންޖީނާއި އެންމެ ރަނގަޅު އާފްޓާ ސޭލްސް ސާވިސް ޕްރޮވައިޑާ އެވެ. މިދިޔަ އަހަރުވެސް އިތުރު ދެ އެވޯޑަކާ އެކު މި ދެ އެވޯޑު ލިބިނުކަމަށް އެ ކުންފުނިން ބުނެ އެވެ.
އެލިއާ އިން ވިއްކާ އިންޖީނަކީ ތެޔޮ ހަރަދު ކުޑަ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ވިއްކަމުންދާ އެއްޗިހި ކަމާ، އިންޖީނުތަކުގެ ހުރިހާ ވައްތަރެއްގެ ސުޕެއާ ޕާޓްސްތައް ލިބެން ހުންނާނެ ކަމާއި، އަދި ނެތް އެއްޗެހި އޯޑަރު ދިނުން ގެނެސް ދޭނެކަމަށް އެ ކުންފުނިން ބުނެ ނެވެ. އަދި ކަސްޓަމަރުން އެދޭހެން ވީ އެންމެ އަވަހަކަށް ފްރީ ޑެލިވަރީ އަދި އެ ކުންފުނީގެ ސާވިސްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
އެލިއާ އަކީ ޔަމަހާގެ އޮތޮރައިޒް ޑިސްޓިބިއުޓަރެވެ. ޔަމަހާއިން އައުޓްބޯޑް އިންޖީން މެދު ނުކެނޑި ވިއްކާތާ 49 ނުވަ އަހަރުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. ޔަމަހާގެ ސުޕެއާ ޕާޓްސްތަކާ އިންޖީނު އަދި އެލިއާގެ ކަސްޓަމަރުން ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށް އަބަދު ވެސް އަންނަނީ އެލިއާއިން މަސައްކަތް ކުރަމުންނެވެ. މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ އެލިއާއިން ފަށާފަ އެވެ. އެލިއާއަކީ ޔަމަހާއިން އައުޓްބޯޑް އިންޖީން މެދު ނުކެނޑި ވިއްކުމުގެ ރެކޯޑެއް އޮތް ކުންފުންޏެކެވެ.
އެލިއާއިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް ފަސޭހަކަމާއެކު ރާއްޖެ އެކި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.