މިއަދު މަޖިލީހަށް ރުހުން ހޯދުމަށް ފަސް މެންބަރުންގެ ނަން ފޮނުވިއިރު، އެ ބޯޑަށް ގާނޫނީ ދާއިރާއިން އައްޔަންކުރެއްވި އަހްމަދު ނަޝާތުގެ ނަމެއް އަދި ނުފޮނުވަ އެވެ. އެންމެ ފަހުން އައްޔަން ކުރި މެންބަރެއްގެ ގޮތުގައި ނަޝާތު އައްޔަންކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.
ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަންކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް ހިމެނޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ. ބޯޑަށް ހަ މެންބަރުން ރައީސް އައްޔަންކުރެއްވިރު، އެ ބޯޑުގައި ދައުރު ހަމަނުވެ އިންނެވީ ނައިބު ރައީސް މުހައްމަދު ފިރާޒް އެކަންޏެވެ.