ads
އެލީ
ސްލޮވީނިއާ މުބާރާތުން އެލީއަށް ބްރޯންޒް މެޑަލް
ސްލޮވީނިއާގައި އޮތް ލި ނިންގް މެޑްވޯޑް ކަޕް 2023 ގައި 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބްރޯންޒް މެޑަލް، ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ހޯދައިފި އެވެ.

11 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި އެލީ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ސަން އެމިލީއާ ވާދަކޮށް 14-21، 16-21 އިން ބަލިވެފަ އެވެ. އެމިލީ އަކީ މި އުމުރުފުރާގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އެވެ. ދެވަނަ މެޗުގައި ސްލޮވީނިއާގެ ލެޖީސާ ޕިއާއާ ވާދަކޮށް 21-9، 21-10 އިން މޮޅުވިއިރު، ތިންވަނަ މެޗުން މޮޅުވީ ވޯކްއޯވާ ކޮށްގެންނެވެ. މި ބައިން ތިންވަނަ ލިބުނީ ސެމީ ފައިނަލްގައި އޮސްޓްރިއާގެ ޒާން ޕިއާ އަތުން 21-10، 21-8 އިން ބަލިވުމުންނެވެ.

މިއީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖޫނިއާ ޕޫލްގައި ހިމެނޭ ލައިބާ، މިއަހަރު ހޯދި ހަވަނަ ބައިނަލްއަގުވާމީ މެޑަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް