ads
ހުސައިން ސަގީފް: މިފަހަރުވެސް ސަގީފް ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ވަނީ ނިންމަވާފައި
މިފަހަރުވެސް ސަގީފް ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ހުސައިން ސަގީފް ނިންމަވައިފި އެވެ.

ހދ. އަތޮޅު ކައުންސިލުގެ ރައީސްކަންވެސް ކުރައްވާފައިވާ ސަގީފް، އެކަން އިއުލާން ކުރައްވާފައި ވަނީ މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ވައިކަރަދޫ ދާއިރާގައި ހިމެނޭ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ރައްޔިތުންގެ ތާއީދާއި ނަސޭހަތާ އަދި މަޝްވަރާއަށް އެދިވަޑައިގެންފަ އެވެ.

"މާތް ﷲ ގެ ވާގިފުޅާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލާން ނިންމައިފީމެވެ. ތިލަދުންމަތީ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި، ހެޔޮ ނަސޭހަތާއި މަޝްވަރާ ލިބޭނެކަމަށް އުންމީދުކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!. وما توفيقي إلا بالله عليه توكلت وإليه أنيب،" - ހުސައިން ސަގީފް

މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ގެ ނައިބު ރައީސްކަންވެސް ކުރެއްވި ސަގީފް، މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި ވަނީ އަދާލަތު ޕާޓީ (އޭޕީ) ގެ ފަރާތުންނެވެ.

"ތިލަދުންމަތީ ފިކުރު" ގެ ނަމުގައި 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރައްވާ އޭނާ ވަނީ 995 ވޯޓު ހޯއްދަވާފަ އެވެ. އިންތިހާބުން ލިބިވަޑައިގަތް ނާކާމިޔާބީ އާއެކު ސަގީފް ވަނީ ތިލަދުންމަތީގެ ހަބަރުތަކަށް ހާއްސަކޮށް "ތިލަދުން" ގެ ނަމުގައި ނޫހެއް އުފައްދަވާފަ އެވެ. އެފަހުން އިނގިރޭސި ބަހުން ހަބަރުތައް ގެނެސްދިނުމަށް "ތިލަދުންމަތީ ޓައިމްސް" ފެއްޓެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް