ads
އެފްއެސްއެމްގެ ޑީއެމްޑީ ޝުއާއުﷲ ސައީދު އެ ކުންފުނީގެ ތަންތަނަން ޒިޔާރަތް ކުރައްވަނީ - ފޮޓޯ: އެފްއެސްއެމް
އެފްއެސްއެމްގެ ޑީއެމްޑީ އަކަށް ޝުއާއުﷲ ހަމަޖައްސައިފި
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޝުއާއުﷲ ސައީދު ހަމަޖައްސައިފި އެވެ.

ޝުއާއުﷲ އެ މަގާމަށް ހަމަޖެއްސެވުމާ އެކު އެފްއެސްއެމުން ވަނީ އެކްސް މެދުވެރިކޮށް އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މަގާމާ ހަވާލުވުމަށް ފަހު ޝުއާއުﷲ ވަނީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިސްމާީލް ސުހައިލާއެކު އެ ކުންފުނީގެ ސައިޓު ތަކާއި މާލެ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑް ތަކުގެ އިތުރުން ގުދަން ތަކަށް މިއަދު ޒިޔާރަތް ކުރައްވާފަ އެވެ.

އަދި މި ޒިޔާރަތުގައި ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ސައިޓް ތަކަށް ކުރެއްވި ޒިޔާރަތުގައި އެ ދެ ބޭފުޅުން ވަނީ ކުންފުނި ކުރިއެރުވުމާ ބެހޭގގޮތުން މަޝްވަރާ ތަކެއް ކުރައްވާފަ އެވެ. 

ޝުއާއުﷲ ކުރިން މަސައްކަތް ކޮށްފައި ވަނީ ޗެނަލް 13ގެ ޕްރެޒެންޓަރެއްގެ ގޮތުގައެވެ.

މީގެއިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި ޝުއާއުﷲ ވަނީ މިފްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވަނީ އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުކަމާއި ވޯކިން ޑައިރެކްޓަރެއްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް