ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: އަންނަ އަހަރުގެ ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ގައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށާ ގޮތަށް ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
ސްކޫލުތަކުގެ ސެޝަން ގައުމީ ސަލާމުން ފަށާ ގޮތަށް ރައީސް ނިންމަވައިފި
ޑިސެމްބަރު މަހުގެ ސްކޫލް ބަންދަށްފަހު އަންނަ އަހަރުގެ ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ގައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިކަމުގެ ބޭނުމަކީ ގައުމީ ލަވަ އާއި ގައުމީ ދިދަ އަދި ގައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބި ޖެއްސުން ކަމަށެވެ. އަދި ގައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައިކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވަނީ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުކަން ފާހަގަކުރައްވާފަ އެވެ.

އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހައްމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލުތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަން ފެށުމަކީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައިވެސް ހިމެނޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް