ads
ހިޔާ ސަރަހައްދުގައި މުއިއްޒު
ހިޔާ ފްލެޓުގެ އަގުން 200000 މާފުކޮށްފި
ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ދިޔަ 200000 ރުފިޔާ، ފްލެޓުގެ އަގުން އުނިކުރާ ގޮތަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ދިޔަ 200000 ރުފިޔާ، ފްލެޓުގެ އަގުން އުނިކުރާ ގޮތަށް ސަރުކާރުން ނިންމިކަން އިއުލާން ކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް ހެދުމަށްޓަކައި، ފްލެޓް ލިބުނު ފަރާތްތަކުން އަގުގެ 200،000ރ. އުނިކޮށް ދިނުމަށްޓަކައި ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމުން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،900ރ. ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ކުރި ހަރަދުން 200000 ރުފިޔާ އަނބުރާ ދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި މުއިއްޒުވަނީ ވައުދުވެފައެވެ. ކެމްޕެއިން ތެރޭގައި މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތައް ބައެއް ފަރާތްތަކުން ވަރަށް އަގުބޮޑުކޮށް ހަދާފައިވާ ކަމަށެވެ. ނަމަވެސް ޖުމްލަކޮށް ހެދުމުން ފުލެޓެއް ހަދަން ދާނެ ކަމަށް ބެލެވެނީ 200000 ރުފިޔާ ކަމަށާއި އެ އަދަދު ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެވްރެޖް ގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ކޯސްޓް ބެއާކުރާ ގޮތަށް މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ ދައްކާގޮތަށް. އޭރު ޖެހުނު ހިސާބަށް ބަލާފައި ހަމަ އެ އަދަދަށް އެޗްޑީސީން ލޯނެއް ނަގާފައި ރައްޔިތުން އަތުން ދިޔަ އަދަދު އެވްރެޖް ކޮށްފައި ވަކި އަދަދެއް ކަނޑައަޅާފައި ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް