ads
ދިވްޔަންކާ ކައްކަން ދަސްކުރަނީ--
އައިސޮލޭޝަނުގައި ހުރި ދިވްޔަންކާ ކައްކަން ދަސްކުރަން ފަށައިފި
ސްޓާ ޕްލަސް އިން ދެއްކި ކާމިޔާބު ޑްރާމާ، ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ، ދިވްޔަންކާ ޓްރިޕާތީ، ކައްކަން ދަސްކުރަން ފަށައިފި އެެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ހޯމް އައިސޮލޭޝަނުގައި ހުރި ދިވްޔަންކާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ގޭގައި ކުރާ ކަންކަން ހިއްސާކުރަމުންނެވެ. އެގޮތުން ކެއްކުމުގެ ހުނަރު އިތުރުކުރުމަށް ހޯމް އައިސޮލޭޝަނުގައި ހުރެ އޭނާ އަންނަނީ އަބަދުވެސް ކޮންމެސް ކެއުމެއް ތައްޔާރުކުރުމުގައި އުޅެމުން ކަމަށް ބުންޏެވެ. 

އެކްޓަރު ވިވޭކް ދާހިޔާއާ ކައިވެނިކޮށްގެން އުޅޭ ދިވްޔަންކާ ބުނީ މިގޮތަށް ކައްކުމުގެ ހުނަރު އިތުރުކުރުމުގެ މަސައްކަތް ފެށީ ކުރިއަށް އޮތް 21 ދުވަހު ފިރިމީހާ ވެސް ގޭގައި އުޅެން ޖެހޭނެތީ ކަމަށެވެ.

ކުރިން ދިން އިންޓަވިއުއެއްގައި ދިވްޔަންކާ ވަނީ މިދުވަސްވަރު އޭނާ ކުރަމުން އަންނަ ކަމަކީ ގޭގައި ކެއްކުމާއި ފޮތް ކިޔުން ކަމަށް ބުނެފަ އެވެ. 

އޭގެ އިތުރުން ގެއިން ބޭރަށް ނުދިއުމަށް ނަސޭހަތްތެރިވެ ދިވްޔަންކާ ވަނީ ސާފުތާހިރުކަން އިސްކުރުމަށް ވެސް ސަޕޯޓަރުންނަށް އިލްތިމާސްކޮށްފަ އެވެ. 

ރޭގެ ވަގުތެއްގައި މުޅި އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު ބޮލީވުޑުގެ ތަރިން އަންނަނީ ފޫހިވާނަމަ ގޭގައި ކުރެވިދާނެ ގިނަ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް