ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދެއް އަދި ސާފުނުވާކަމަށް— ފޮޓޯ: ރައީސް އޮފީސް
އިންޑިއާ ސިފައިން ތިބި އަދަދެއް އަދިވެސް ސާފެއް ނުވޭ: ރައީސް
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު އަދިވެސް ސާފުނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިންސްޓްރީން ލިބުނު އަދަދުތަކަށް ބަލާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފުކޮށް އެނގިވަޑައިގެންނުގަންނަވާ ކަމަށެވެ.

އެގޮތުން 77 އިން ފެށިގެން 89 އާއި ހަމަައަށް އަދަދުތައް އުޅޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ސާފު އަދަދެއް ނޫންކަމަށާއި،  އެ އަދަދުތައް އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެވެސް ސާފެއް ނުވޭ، އެއަށްވުރެ އިތުރުވެސް ވެދާނެ. ދެން އެހެންވީމާ އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައޫލޫމާތެއް އެއްކޮށް ސާފުވިކަމަކަށް ނުބެލެވޭ. އެހެންްވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑު ޔަގީންކުރަން ބޭނުންވޭ. އެހެންވީމާ މިއީ މިހާތަނަށް ފެނުނު ރޭންޖު. އެކަމަކު އެއަށްވުރެ ގިނަވެސް ވެދާނެ." ރައީސް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޓިކެޓް ހޯއްދެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި މިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ފެށިއެވެ. އެ ސިފައިން އަނބުރާ ފޮނުވާލުމަކީ މި ސަރުކާރުގެ ވެސް އެންމެ މައިގަނޑު އެއް ރިޔާސީ ވައުދެވެ.

މި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިއްބެވެ. އެއީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް