ads
މެޑަމް ފަޒުނާ، ރައީސް ސާލިހު އަދި އިމްރާން
މަޖިލިސް އިންތިހާބުގައި އެކުގައި ނުކުންނަށް އެމްޑީޕީއާ އަދާލަތު މަޝްވަރާއަށް
ކުރިއަށް ހުރި އިންތިހާބުތަކުގައި އެކުގައި ވާދަކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އާއި އަދާލަތު ޕާޓީން މަޝްވަރާ ކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެކުގައި ވާދަކުރުމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީއާއެކު މަޝްވަރާތަކެެއް ކުރެވިފައިވާކަމަށެވެ.

އެގޮތުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފަވާކަމަށް އެ ޕާޓީން ބުނެއެވެ.

ކުރިން އެމްޑީޕީއާ ގިނަ ހިޔާލު ތަފާތުވުންތަކެއް ހުރި އަދާލަތު ޕާޓީން ވަނީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައެވެ.

 އެގޮތުން 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާއެކު އަދާލަތުން ވަނީ މަސައްކަތްކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް