ads
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ދައުރު މިމަހުގެ 18އާ ހަމައަށް އިތުރުކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިގު ދަންމާލުމަށް މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.
Advertisement

މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭ ތާރީހަކީ ނޮވެމްބަރު 27 އެވެ، ނަމަވެސް، އޭރު ވެސް މަސައްކަތްތައް ހުރުމުން، ޑިސެމްބަރު 7 އަށް މުއްދަތު އިތުރު ކުރި އެވެ.

މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ މި ދައުރު މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް ފާސްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ މަސައްކަތްތައް ނިމިފައި ނުވާތީ މަޖިލީހުގެ ދައުރު އަނެއްކާ ވެސް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ހުށަހެޅުމަށް މިއަދުގެ ޖަލްސާގެ ވޯޓް ގަޑީގައި އަހާނެ އެވެ.

"އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންގެ މަޖިލީހުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު 18 ޑިސެމްބަރު 2023 ގެ ނިޔަލަށް އިތުރުކުރުމާ މެދު ވޯޓަށް އެހުމަށް. އެހެންކަމުން މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އެހުން އޮންނާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް