ads
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު: ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރަނުންރަނަށް ވައުދުތައް ފުއްދަވާ ދެއްވާނެ ކަމަށް - ފޮޓޯ:އެލްޖީއޭ
ރައީސް ޑރ. މުއިއްޒު ރަނުންރަނަށް ވައުދުތައް ފުއްދަވާ ދެއްވާނެ: ޝަރީފް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތައް ރަނުންރަނަން ފުއްދަވައި ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުގެ މަހު ކުލި 3،984 ރުފިޔާއަށް ކުޑަ ކުރެއްވިކަން ރައީސް މުއިއްޒު އިއްޔެ ހަވީރު އިއުލާނު ކުރެއްވުމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު ޝަރީފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް ރަނގަޅު އަސަރުކުރާ ގިނަ ކަންކަން ޑރ. މުއިއްޒުގެ ކެބިނެޓުގައި އިއްޔެ ނިންމެވުމަކީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގައި ރައްޔިތުންގެ ކުރިމަގު އުޖާލާވާނެކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

your imageމިނިސްޓަރު ޝަރީފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓް: ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރަނުންރަނަށް ވައުދުތައް ފުއްދަވާ ދެއްވާނެ ކަމަށް.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓުތަކުގެ މަސައްކަތް ނިންމުމަށް އަމިއްލަ ފަރުދުންގެ އަތުން އާންމުކޮށް ދެ ލައްކަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ކަނޑައަޅައި، ފްލެޓުތަކުގެ އަގުން ދެ ލައްކަ ރުފިޔާއަށްވާ މިންވަރު އުނިކޮށްދެއްވަން ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމުގަ އެވެ.

ވަޒީރުންގެ މަޖިލިހުގެ މަޝްވަރާއަށްފަހު، މިހާރު ހަދާފައިވާ ހަތް އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300 ރުފިޔާގެ ކުލި، މަހަކު 3,984 ރުފިޔާ 21 ލާރިއަށް ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓުތަކުގެ އަގުކުޑަކުރުމަށް ވެފައިވާ ވައުދުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލައްވާ ރައީސް ވަނީ އެތަނުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށާއި މަހުންމަހަށް ދައްކާ އަދަދުން އާންމު ގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް