ads
ދަ ޑިމޮކްރެޓްސް އިންތިހާބުގެ ވޯޓުގެ މަސައްކަތުގައި އާޒިމް ބައިވެރި ވަނީ
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ބައެއް ނަތީޖާތައް ބާތިލުކޮށްފި
ދަ ޑިމޮކްރެޓްސް ޕާޓީއިން ބޭއްވި ފުރަތަމަ އެތެރޭގެ އިންތިހާބުގެ ބައެއް ވޯޓު ފޮށި ތަކުގެ ނަތީޖާ ބާތިލުކޮށް، އަލުން ވޯޓުލާން ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވީ ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށްފަހު ޔަންގް ޑިމޮކްރެޓްސްގެ ލީޑަރާއި ނައިބު ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ ބާތިލުކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށް ފަހު ޔަންގ ޑިމޮކްރެޓްސް ނަތީޖާ ބާތިލްކޮށްފައިވާ ކަަމަށެވެ.

"އެއީ ބައެއް ރަށްރަށުގެ ވޯޓު ފޮށިތަކަށް، އަޅުގަނޑުމެންގެ ފަރާތުން ދިމާވި ކަމަކުން، ޒުވާނުން ތިބި އަދަދަަށްވުރެ ގިނަ އަދަދަށް ވޯޓު ކަރުދާސް އަޅުގަނޑުމެންނަށް ދޫކުރެވިފައިވާތީވެ، އެ ފޮށިތައް އަޅުގަނޑުމެން މި ވަނީ ބާތިލް ކުރެވިފައި.". އާޒިމް ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ ޒުވާނުންގެ ލީޑަރު ކަމަށް ވާދަ ކުރެއްވީ މުހައްމަދު މާޝިހު އަދި ޔޫސުފް ޝާހު އެވެ. ނައިބު ލީޑަރު ކަމަށް ވާދަކުރެއްވީ ފިތުރާ މުހައްމަދު އާއި މުހައްމަދު އަޒުވަރު އެވެ. ޒުވާނުންގެ ވޯޓު ފޮށިތަކުގެ ތެރެއިން 13 ރަށެއްގެ ވޯޓު ވަނީ ބާތިލް ކޮށްފަ އެވެ. 

  • ބ. ދަރަވަންދޫ،
  • ގދ. ގައްދޫ،
  • ހއ. ހޯރަފުށި،
  • ހދ. ނޭކުރަންދޫ
  • ރ. އަލިފުށި
  • ށ. މާއުނގޫދޫ
  • ތ. ކިނބިދޫ
  • ހދ. ނޮޅިވަރަމް
  • ނ. މިލަދޫ
  • ބ. މާޅޮސް
  • ފެހެންދޫ
  • ކުޑަރިކިލު
  • ގޮއިދޫ

މައްސަލަ އުޅޭތީ ނ.އަތޮޅުގެ މާފަރު ރައީސް ހޮވުމަށް ވެސް އަލުން ވޯޓު ލާން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އަދި ވޯޓު ލާނެ ވަކި ތާރީހެއް ހަމަނުޖެހޭ ކަމަށާއި ވަކި ތާރީހެއް ކަނޑައެޅުމަށް ފަހު އަންގާނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ އިންތިހާބުގެ ނަތީޖާ ހާމަ ކުރީ ވޯޓު ލީތާ އެއް ދުވަސް ފަހުންނެވެ. އެކަމުގެ ސަބަބުން ޕާޓީގެ އާންމު މެމްބަރުން ވެސް ނުރުހުން ފާޅު ކޮށްފައިވެ އެވެ.  

ނަތީޖާ ލަސްވިގޮތާއި ގުޅިގެން އާޒިމް މިއަދު ވިދާޅުވީ އިންތިހާބާ ބެހޭ ކޮމިޓީން ދެކޭ ގޮތުގައި އިންސާފުވެރި، ޑިމޮކްރެޓިކް އިންތިހާބަކަށް ވަނީ ނަތީޖާ އެންމެ އަވަހަަށް އިއުލާންކޮށްގެން ނޫނެވެ. ހުށަހެޅިފައިވާ ހުރިހާ މައްސަލަތަކެއް ބެލުމަށް ފަހު، ނަތީޖާ އިއުލާން ކުރުމުން ކަމަށެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިންތިހާބުވީ ހަސަން ލަތީފު އެވެ. މި އިންތިހާބު ހަސަން ކާމިޔާބު ކުރެއްވީ 1807 ވޯޓުންނެވެ. ހަސަންއާ ވާދަކުރެއްވި ހުސެއިން އަމްރުއަށް ލިބިވަޑައިގަތީ 1484 ވޯޓެވެ.

މި އިންތިހާބުގައި 5،883 މީހަކަށް ވޯޓު ލުމުގެ ހައްގުލިބިގެންވާއިރު، ވޯޓުލާފައިވަނީ 3،209 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް