ads
ހައުސިން މިނިސްޓަރު އަސްލަމް އަދި ގެދޮރުވެރިޔާ ކޮމެޓީގެ މެމްބަރުން
ފްލެޓްތަކުގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރުކުރަނީ
ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމު ހިންގުމުގައި ހުރި މައްސަލަތަކާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ޕެޓިޝަން ކޮމިޓީން އަސްލަމް ހާޒިރުކުރަން ނިންމީ "ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނޭކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި އަދި އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާތިލް ނުކުރުމަށް" އެދި ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް އެދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުމުންނެވެ.

އޭގެ އިތުރުން މިއަދު އޮތް ޕެޓިޝަން ކޮމިޓީ ބައްދަލުވުމުގައި ވަނީ މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެމިނިސްޓްރީގެ އިސްވެރިންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިންވެސް މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައެވެ.

އެކޮމިޓީގެ މިއަދު ބައްދަލުވުމުގައި ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ހާޒިރުކޮށްފަ އެވެ.

މިހާރު ސަރުކާރުގެ އިސްވެރިންނާއި ކުރީ ސަރުކާރުގެ އިސްވެރިންގެ އިތުރުން އެ ކޮމިޓީއަށް އޭސީސީ ވެސް ހާޒިރުކޮށްފަވެއެވެ.

އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަންތައްތަކެއް ހުރިކަން ފާހަގަކޮށް އެމައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ.

އޭސީސީގެ އެންގުމަށް މިނިސްޓްރީގެ މަސައްކަތް ހުއްޓުމަކަށް ގެނަސްފައި ވާއިރު ވަރަށް އަވަހަށް އޭސީސީއިން ކުރަމުން އަންނަ ތަހުގީގު ނިމޭނެ ކަމަށް މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފަ އެވެ. ގެދޮރުވެރިންގެ ޕޯޓަލްގެ އެކްސެސް ވެސް މި ތަހުގީގަށް ބޭނުން ކުރުމަށް އޭސީސީއަށް ވަނީ ދީފައެވެ.

ސަރުކާރުން އާންމު ކުރި ގެދޮރުވެރިޔާ މަޝްރޫގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް ވަނީ އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން އަމާޒުވެފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް