ads
ޔުނައިޓެޑުގެ ކޯޗު ޓެން ހޭގް
ބޮޑު ހަތަރު މީޑިއާއަކަށް ޔުނައިޓެޑުގެ ދޮރު ބަންދު
މެންޗެސްޓާ ޔުނައިޓެޑްގެ ޕްރެސް ކޮންފަރެންސްތަކުން ހަތަރު މީޑިއާއެއް ސަސްޕެންޑްކޮށްފިއެވެ.

ޔުނައިޓެޑްގެ ޕްރެސް ކޮންފަރެންސްތަކުން ސަސްޕެންޑްކޮށްފައިވަނީ، ސްކައި، އީއެސްޕީއެން، މެންޗެސްޓާ އިވްނިން ނިއުސް އަދި މިރާ އެވެ. ޔުނައިޓެޑުން ބުނީ މި ގޮތަށް ނިންމަން ޖެހުނީ އެ ކްލަބްގެ ބަހެއް ހޯދުމެއް ނެތި ހަގީގަތާ ހިލާފު، މާނަ އޮޅޭ ވާހަކަތައް އެ މީޑިއާތަކުން ގެނެސްދީފައިވާތީއެވެ. 

މިއީ، އެ ކްލަބްގެ ކޯޗު އެރިކް ޓެން ހާގާ މެދު ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ. ވަކިވަކި ކުޅުންތެރިންނާ ޓެން ހާގާ މެދު ގުޅުން ގޯސް ކަމަށް އެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ލީގުގެ ހަތް ވަނައިގައި ޔުނައިޓެޑް އޮތީ 14 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް އޮތީ ވާދަކުރާ ގްރޫޕްގެ ފުލުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް