ads
ށ. މިލަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އާ ވަގުތީގޮތުން ކޯލިޝަން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކާލަނީ -- ފޮޓޯ: މިހާރު
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ މިމަހު 23 އަށް އަވަސްކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ދެ ޕާޓީގެ ޕްރައިމަރީ މިމަހުގެ 23 އަށް އަވަސް ކޮށްފި އެވެ.

މިރޭ ބޭއްވި ސެނެޓު ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ. 

މާދަމާ އެ ފުރުސަތު ހުޅާވާލާއިރު ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ވޯޓުލެވޭނީ ވެސް ދެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިމަހުގެ 10އަކާ ހިސާބަށް ތިބޭ މެމްބަރުންނަށް ކަމަށް މިރޭގެ ސެނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ މިމަހުގެ 23 އަށް އަވަސް ކުުރިއިރު، މިދިޔަ މަހުގެ އެއްވަނަ ދުވަހު ޕީޕީއެމްއިން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ 20 ގައެވެ. 

ޕީޕީއެމް/ޕީއެންސީ އެކީގައި ވާދަކުރަން ނިންމާ އެ ދުވަހު އާންމުކުރި ބަޔާނުގައި ވާގޮތުން މަޖިލީހުގެ އެ ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން އޭރު ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ، އަންނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު އެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް