ads
ގާޒާއަށް ވަދެގަނެ ގަތުލުއާއްމުތައް ހިންގަމުންދާ ޔަހޫދީ އިޒްރޭލު ސިފައިން އެ ގައުމުގެ ބޮޑުވަޒީރު އަރިހުގައި
އަސްކަރިއްޔާ ގާޒާއިން ނުފައިބާނެ: ޔަހޫދީ ސަރުކާރު
ވޭތުވެދިޔަ 75 އަހަރު ޔަހޫދީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ވަރުގަދަކުރުމުގެ ބޭނުމުގައި ގާޒާއާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ޔަހޫދީ ސިފައިން ގާޒާއިން ނުފައިބާނެ ކަމަށް ޔަހޫދީ އިސްރާއީލުގެ އަސްކަރީ ސަރުކާރުގެ ވަޒީރު ޔޯއަވް ގަލަންޓް ވިދާޅުވެއްޖެ އެވެ.

ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން މިފަދައިން ބުނެފައި މިވަނީ ފަލަސްތީނުގެ ގާޒާގައި ޔަހޫދީ އިޒްރޭލު ސިފައިން މިހާރު ހިންގަމުންދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވައިދިނުމަށް އެދި، އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް، ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހަޅުއްވައިފަ ވަނިކޮށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ. އެ މާއްދާގައި ބުނެފައިވަނީ "ސެކްރެޓަރީ ޖެނެރަލްގެ ނަޒަރުގައި، ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކޮންމެ ކަމެއް، އދ.ގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެނެވިދާނެ" ކަމަށެވެ.

your imageޒަޔަނިސްޓް ޔަހޫދީން ގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނު ގާޒާ ރައްޔިތުން

މިޑްލް އީސްޓް ނޫހުން ރިޕޯޓުކުރާ ގޮތުގައި މުޅި ގާޒާ ސާފުކޮށްލައި ޓެރަރިޒަމް އެއްކޮށް ނައްތާލުމަށް އެތައް މަހެއް ވަންދެން ވެސް ހަނގުރާމަ ކުރާނެ ކަމަށް އޭބީސީއަށް ދިން އިންޓަވިއުއެއްގައި ގަލަންޓް ވިދާޅުވި އެވެ. 

އަދި، ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމިއްޔާ އެއްކޮށް ނައްތާލައި ސުންނާފަތި ކޮށްނުލެވެނީސް ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާއިން ނުފައިބާނެ ކަމަށާއި ވަރަށް އަވަހަށް އުތުރު ގާޒާއަށް ވެސް ހަމަލާތައްދީ މުޅި ގާޒާ ހިފާނެ ކަމަށް ވެސް ގަލަންޓު ވިދާޅުވި އެވެ.

އ.ދގެ ޗާޓަރުން ލިބިދޭ އެންމެ ބޮޑު ބާރުގެ ބޭނުން ކުރައްވަން ގުތެރޭޝް ނިންމަވާފައި މި ވަނީ، ގާޒާގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާ ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހޭ ކަމަށް އ.ދގެ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސީންގެ ސަބަބުން އެ ގަރާރު ފާސްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. 

your imageޒަޔަނިސްޓް ޔަހޫދީން ސިފައިން ގާޒާތެރޭގައި ހަރަކާތްތެރި ވަނީ

ގާޒާގައި ވަނުން މަނާ ސަހަރައްދެއް ހަދާނެ ކަމަށް ބުނެ ޔަހޫދީ ސަރުކާރުން ވަނީ އަރަބި ގައުމުތަކަށް ލިޔުމުން އަންގައިފަ އެވެ. ބޭނުމެއް ކަމަށް ބުނެފައި ވަނީ ފޭރިގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީންނަށް އަޅައިދީފައި ހުރި އިމާރާތްތަކަށް އޮތް ނުރައްކާ ކުޑަކުރުމެވެ.

ގާޒާގައި މީހުން ދިރިއުޅޭ ސަރަހައްދު، ޔަހޫދީ އާބާދިތަކާ ދުރުކުރި ވަރަކަށް ޔަހޫދީންނަށް ރައްކާތެރިކަން ބޮޑުވާނެ ކަމަށް ޒަޔަނިސްޓް ސަރުކާރުން ދެކެ އެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ހިންގަން ފެށި ޖަރީމާތައް އިތުރަށް ފުޅާކޮށް ފައިމަގުން ގާޒާއަށް ވަދެގަތުމުގެ މަސައްކަތް ފެށި ދުވަހުން ފެށިގެން ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 16500 އަށް އަރާފަ އެވެ. އޭގެ ތެރޭގައި 7200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަނިޔާވި މީހުންގެ އަދަދު 50،000 އާ ގާތް ކޮށްފައިވާއިރު ގާޒާގައި ދިރިއުޅޭ 2 މިލިއަނެއްހާ މީހުން މިހާރު ވަނީ ހާލުގައި ޖެހިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް