ads
ކޮރަޕްޝަނކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބަޔަކު އިހުތިޖާޖު ކުރަނީ
ފާއިތުވެދިޔަ ތިން އަހަރު ކޮރަޕްޝަނުގެ އަމަލުތައް ވަނީ އިތުރުވެފައި: އޭސީސީ ދިރާސާ
ފާއިތުވެދިޔަ ތިން އަހަރު ކޮރަޕްޝަނުގެ އަމަލުތައް އިތުރުވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިއަށްގެންދިޔަ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ކޮރަޕްޝަނާ މެދު އާންމުންދެކޭ ގޮތާއި އެކަމަށް ދިވެހިން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ޓަކައި ގައުމީ ފެންވަރުގައި ހަދާފައިވާ ދިރާސާއެއްގެ ނަތީޖާ އާންމުކޮށްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން، ކޮމްޕިއުޓާ އެސިސްޓެޑް ޓެލެފޯން އިންޓަވިއުން ގެންދިޔަ ދިރާސާގެ 56 ޕަސެންޓް މީހުން ވަނީ ކޮރަޕްޝަނަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބުނެފަ އެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވިކަމަށް 64 ޕަސެންޓް މީހުން ބުނާއިރު، 28 ޕަސެންޓް މީހުން ވަނީ ކޮރަޕްޝަންގެ ހާލަތަށް ބަދަލެއް ނާންނަކަން ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނުނީ ރާއްޖޭގެ އުތުރުން ބައިވެރިވި 18 ޕަސެންޓް މީހުންނާއި، މެދު ރާއްޖެ ތެރެއިން ބައިވެރިވި 17 ޕަސެންޓް މީހުންނާއި ދެކުނުން ބައިވެރިވި 22 ޕަސެންޓް މީހުންގެ އިތުރުން މާލޭ ސަރަހައްދުން ބައިވެރިވި 43 ޕަސެންޓް މީހުންނެވެ.

އަދި ކޮރަޕްޝަން އާންމުވާން މެދުވެރިވާ ސަބަބުތައް ކަމަށް އެ މީހުން ބުނަނީ:

  • ސަރުކާރު އިދާރާތަކުގެ ހަރުދަނާކަން ކުޑަވުން - 71 ޕަސެންޓް 
  • ގާނޫނާއި ގަވާއިދުތަކުގައި ހުރި މައްސަލަތައް - 79 ޕަސެންޓް 
  • މީހުންގެ ކިބައިގައި ނަޒާހާތްތެރިކަމާއި އަހުލާގީ ސުލޫކުގެ ފެންވަރު ދަށްވުން - 78 ޕަސެންޓް 

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 75 ޕަސެންޓް މީހުން ދެކޭ ގޮތުގައި ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައިވާ ކަމަށް ދެކެނީ ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގަ އެވެ. 

ރައްޓެހިންނާއި ގާތް މީހުން މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުން ހިދުމަތް އަވަސްކުރާކަމަށް 58 ޕަސެންޓް މީހުން ބުނާއިރު ކޯޓުތަކަށް ނުފޫޒު ފޯރުވުމުގައި ރައްޓެހި އަދި ތިމާގެކަމުން ގުޅިފައި ތިބި މީހުން މެދުވެރިކޮށް އަދި ރިޝްވަތު ދޭކަން 40 ޕަސެންޓް މީހުން ބުނެފައިވެ އެވެ. ރިޝްވަތު ދީގެން ކޮންޓްރެކްޓް ކާމިޔާބު ކޮށްފައިވާކަން 40 ޕަަސެންޓް މީހުން ބުނެފައިވެ އެވެ. 

ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ އާއި ޖުޑީޝަރީގެ މުވައްޒަފުންގެ މެދުގައި އެންމެ ގިނައިން ހިންގަނީ:

  • ޖިނާއީ މައްސަލަތަކުގައި ހައި ޕްރޮފައިލް މީހާގެ މައްސަލައާއި ދެރަ ނިކަމެތި މީހާގެ މައްސަލަ ނިންމުމުގައި ތަފާތު ކުރުން - 83 ޕަސެންޓް
  • އެ ފަރާތްތަކަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުންކޮށްގެން، ތުހުމަތު ކުރެވޭ މީހުންގެ ކުށުގައި ނުބެދި ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރުން - 79 ޕަސެންޓް
  • ޕްރޮސިކިއުޝަން މަރުހަލާ ނިންމިޔަ ނުދިނުމަށް ނުފޫޒު ފޯރުވުން -75 ޕަސެންޓް

މިނިވަން މުއައްސަސާތަކުން، ނުފޫޒުން މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކި ކުރުން އަދި ޕްރޮމޯޝަން ދޭކަމަށް 81 ޕަސެންޓް މީހުން އަދި ދައުލަތުގެ މުދާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ކަމަށް 75 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ.

އެ ދިރާސާގައި ބައިވެރިވި 56 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް އިތުބާރު އޮތް މިންވަރާ ގުޅޭ ގޮތުން ސުވާލުކުރުމުން ކޮރަޕްޝަން ނައްތާލުމަށް ކޮމިޝަންގެ މައްޗަށް ރައްޔިތުންގެ އިތުބާރު އޮތްކަމަށް 53 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. 

your imageއޭސީސީގެ ދިރާސާ، މަޖިލީހުގެ ރައީސް އަސްލަމް މިއަދު ނެރެދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މީހުން ބިނާކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް ގާއިމްކުރި ގައުމީ އެންޓި ކޮރަޕްޝަން އެކަޑަމީ ނުވަތަ މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ މިއަދު ޖަލްސާގައި ވަނީ އިފްތިތާހުކޮށްފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނަށް މައުލޫމާތު ދީ، އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް މި އެކަޑަމީން ކުރާނެ އެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހަކީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތް ހަރުދަނާކުރުމާއި މިކަމަށް އާއްމުން ހޭލުންތެރިކުރުވުމެވެ. ދުނިޔޭގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބެލުމަށް ކޮންމެ އަހަރަކު އާންމު ކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ރޭންކިންގެ ނިމުނު އަހަރު ރާއްޖެ ވަނީ 10 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް