ads
ލިމިޓެޑް ސްލޮޓާ އެކު އުރީދޫ ފަން ރަންގެ ރަޖިސްޓްރޭޝަން އަލުން ވަނީ ހުޅުވާލާފައި - ފޮޓޯ:އުރީދޫ
ލިމިޓެޑް ސްލޮޓާ އެކު އުރީދޫ ފަން ރަންގެ ރަޖިސްޓްރޭޝަން އަލުން ހުޅުވާލައިފި
ގިނަ އަދަދެއްގެ ރިކުއެސްޓް އާއެކު އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިމިޓެޑް ސްލޮޓާ އެކު މިއަދު ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ 5،000 އަށް ވުރެ ގިނަ ބައިވެރިން މި އުފާވެރި ދުވުމުގައި މިހާރުވެސް ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މި ރަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ދުވުންތެރިންނަށް މިހާރު މޫލީ މެދުވެރިކޮށް ބޭނުންވާ ފަން ރަން ކިޓަށް އޯޑަރުކޮށް، ރެޖިސްޓަ ކުރެވޭނެ ކަމަށެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ. އެއީ:

  • 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ
  • 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ ފަރާތްތައް އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކަށްވެސް އުރީދޫ ފަން ރަންގައި ބައިވެރިވުމަށް އުރީދޫން ދައުވަތުދެ އެވެ. 

އުރީދޫން ބުނެފައި ވަނީ ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމި ދާނެ އެވެ. 

މި އަހަރުގެ ރަންއަށް ތަފާތު އަދި މަޖާ ކަމެއްގެ ގޮތުގައި އުރީދޫން ވަނީ ބައިވެރިންނަށް ބިބް ކަސްޓަމައިޒްކޮށް، ބިބްގައި ބޭނުން ނަމެއް ޖެހުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. ނަމަވެސް ދުވުމުގެ ތާރީހު ގާތްވެފައިވާތީ ބިބް ކަސްޓަމައިޒޭޝަންގެ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް