ads
ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ބޮޑުދައިތާފުޅު ރަންފުޅު ވަނީ ސްރީ ލަންކާގައި އަވަހާރަވެފައި - ފޮޓޯ:އެމްވީ ކްރައިސިސް
ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ބޮޑުދައިތާފުޅު ރަންފުޅު އަވަހާރަވެއްޖެ
ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޮޑުދައިތާފުޅު އުއްމުކުލްސޫމް (ރަންފުޅު) އަވަހާރަވެއްޖެ އެވެ.

ގ.ކެޓޭނިޔާ ގެއަށް އުފަން ރަންފުޅު އަވަހާރަވީ ސްރީ ލަންކާގެ ކޮލަންބޯގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކަމަނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގަ އެވެ.

އަވަހާރަވިއިރު ރަންފުޅުގެ ސީދާ އުމުރު ޔަގީނެއް ނޫނެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ރަންފުޅަށް ވާނީ 96 އަހަރު ކަމަށެވެ. އިސްމާއިލް ވަހީދު ވިދާޅުވެފައިވާ ގޮތުގައި ރަންފުޅު ދުނިޔެއަށް އުފަންވެވަޑައިގަތީ މީލާދީން 1929 ވަނަ އަހަރު ކަމުގަ އެވެ. އެހެންކަމަށްވާނަމަ ރަންފުޅަށް މި އަހަރު ވާނީ 94 އަހަރެވެ.

އިސްމާއިލް ވަހީދު ވިދާޅުވެފައި ވަނީ ޝަމްސުއްދީން ރަދުންގެ ރަސްކަމުން 27 ވަނަ އަހަރު ރަންފުޅުގެ ބައްޕާފުޅު އިބްރާހިމް މާފަތްތަކުރުފާނަށް މާފަތް ކަމަށް ކޮލިލާފައިވާ ކަމަށެވެ. މާފަތްތަކުރުފާނަށް މާފަތް ކަމަށް ކޮލިލެވުނުއިރު އަނބިކަނބަލުން އިންނެވީ ރަންފުޅަށް އާލާސްވެ އެވެ. އޭރު ބަނޑުފުޅަށް ދެ މަހެވެ.

ރިފަރެންސް:

  • އިސްމާއީލް ވަހީދު (1999): ފަތްތޫރަ (247) - ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު، މާލެ
80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް