ads
ނަބާ އަދި ނަބީ ރަން މެޑަލް ހޯދުމަށް ފަހު - ފޮޓޯ އެމްއޯސީ
ކަޒަކްސްތާން މުބާރާތުން ނަބާ ނަބީ މެޑަލް ޔަގީންކޮށްފި
އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)އާ ފުރުސަތު ހޯދައިފިއެވެ.

އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސެމީން ނަބީ އާއި ނަބާ ފުރުސަތު ހޯދުމާއެކު، މުބާރާތުން އެ ދެ ކުޅުންތެރިންނަށް ދަށް ވެގެން ލޯ މެޑަލް ޔަގީންވީއެވެ. ސެމީން މޮޅުވެއްޖެ ނަމަ ރަން މެޑަލް ނުވަތަ ރިހި މެޑަލް ލިބުމުގެ ފުރުސަތު އޮތްއިރު، ފައިނަލްގައި ނަބާ އަދި ނަބީ ކުޅެން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނަބީ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލް މެޗުގައި އުޒްބެކިސްތާންގެ ސޯފިޔާ ޒާހިރޯވާއާ ކުޅެގެން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ 21-15، 21-13 އިންނެވެ. ސެމީ ފައިނަލުގައި ނަބީ ކުޅޭނީ އިންޑިއާގެ އަރުންދަތީ ނާގަރާޖާއާ އެެވެ.

ނަބާ ވަނީ ކަޒަކްސްތާންގެ ޖުމަދިލޯވާ ދިލްޔާރާއާ އަތުން މޮޅުވެ، ސެމީ ފައިނަލުގައި ފިލިޕީންސްގެ ޑި ގުޒްމާން މިކައެލާ ޖޯއާއާ ކުޅެން ފުރުސަތު ހޯދައިފަ އެވެ. ކުއާޓާ ފައިނަލް މެޗުން ނަބާ މޮޅުވީ 21-15، 21-13 އިންނެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް