ads
މަޖިލިހުގެ ނައިބު ރައީސްކަން ކުރެއްވި ނާޒިމް: ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ވަނީ ނިންމަވާފައި
ނާޒިމް އަނެއްކާވެސް ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްކަން ކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ޕީއެންސީގެ ޓިކެޓުގައި ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިިންމަވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ދިއްގަރު ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

"މިއަދަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މުހިންމު ނިންމުމެއް ނިންމާފައިވާ ދުވަހެކެވެ. އަޅުގަނޑާއި އެންމެ ގާތުގައި، ދެގޮތެއް ނުވެ އަބަދުވެސް ތިއްބެވި ދިއްގަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ މަތިވެރި މަގުސަދުގައި، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، އަޅުގަނޑު ފޯމު ހުށަހަޅައިފީމެވެ،" - އަހުމަދު ނާޒިމް

އަށާރަވަނަ މަޖިލިހުގައި ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނަވަނިކޮށް އެ ދާއިރާގެ ގޮނޑި 2015 ވަނަ އަހަރު އޭނާއަށް ގެއްލިވަޑައިގަތީ އޭނާ އާ ދެކޮޅަށް ހުށަހެޅި ހިޔާނާތުގެ މައްސަލައެއް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް ސުޕްރީމް ކޯޓުން އެ ހުކުމް ރިވިއު ކުރުމަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެ ހުކުމް ބާތިލު ކުރުމާ އެކު އޭނާ މިނިވަންވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެޑްމިނިސްޓްރޭޝަނުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ނާޒިމަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމާއި ހާއްސަ މަޖިލިހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް