ދުންޔާ މިކަން ހާމަކުރައްވީ ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ދުންޔާ ވިދާޅުވީ، ކޮށްދެވެން އޮތް އެންމެ ފުރިހަމަކޮށް ހުޅުމާލެ ދެކުނު ދާއިރާ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް އެކަމަނާ ބޭނުންފުޅުވާ ކަމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުން އެކަމަނާއަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގަންނަވާ އެކަމަނާ ވިދާޅުވީ، ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްގީއަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.