ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލެފްޓޮޕާއި ފޯނު، ވިއްކުމުގެ ހިދުމަތް ދެމުން އަންނަ މެކްސްކޮމް އިން ބުނީ އެތަނުން ގަންނަ ތަކެތި ގެއަށް ގެންގޮސް ދިނުމުގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
މެކްސްކޮމްއިން ވަނީ އެކުންފުނިން ގަންނަ މުދަލަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. އެގޮތުން އެތަނުން ވިއްކާ އުފެއްދުންތަކަށް އޯޑަރު ދިނުމަށް، 7988220 ނުވަތަ 3330034 އަށް ގުޅުމަށް ވެސް އެދެ އެވެ.
ޑެލް ކޮމްޕިއުޓަރުތަކާއި ލެޕްޓޮޕް އަދި ވާވޭގެ ފޯނުތައް ވެސް ވިއްކަމުން އަންނަ މެކްސްކޮމްއިން އަންނަނީ އެ އުފެއްދުންތައް އެމްއެފްއެލްސީ ފަދަ ސްކީމުތައް މެދުވެރިކޮށް ވެސް ފޯރުކޮށްދެމުންނެވެ.
މެކްސްކޮމްގެ ޝޯރޫމްތައް ހިންގަމުން އަންނަނީ ސޯސަން މަގާއި ފަރީދީ މަގުގަ އެވެ.