ads
ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު: ޕީސީއޯއެސްގެ ފަރުވާ އާސަންދައިން ލިބޭނެ ގޮތް ހަދަން ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
ޕީސީއޯއެސްގެ ފަރުވާ އާސަންދައިން ލިބޭނެ ގޮތް ހަދަން ނިންމައިފި
އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ނިންމެވުން މިފަދައިން ނިންމަވާފައި ވަނީ އަންހެނުންނަށް ދިމާވާ މިފަދަ ސިއްހީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ހިދުމަތްތަކެއް ނަމަވެސް، 'އިންފަޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމުން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށެވެ.

މިކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާ ގުޅޭގޮތުން ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ އެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަންކަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް