ads
ފިޔާ
ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިކަމެއް ނެތުމުން ފިޔާގެ އަގު މަތި ނުކުރަން އަންގައިފި
ރާއްޖެއަށް އެއްވެސް ދައްޗެއްނެތި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ފިޔާ އެތެރެކުރާ ފަރާތްތަކުން ދީފައިވާތީ، ރައްޔިތުންނަށް ދަތިވާ ގޮތަށް ފިޔާގެ އަގު މަތި ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

އިކޮނޮމިކް މިނިސްްޓްރީން މި އިލްތިމާސްކުރީ، ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކުއްލިއަކަށް މަތިކޮށްފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް އަންގާ މިއަދު ނެރުނު ބަޔާނުގަ އެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ، މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ވަގުތީ ގޮތުން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން އެ ގައުމުން މަޑު ޖައްސާލާފައި ވިޔަސް، ދިވެހިންނަށް ފިޔާ ލިބުމުގައި ދަތިވެދާނެ އެއްވެސް ފިޔަވަޅެއް އިންޑިއާއިން އަޅާފައި ނުވާ ކަމަށެވެ.  

”ރާއްޖެއަށް ފިޔާ އެތެރެކުރާ މި މިނިސްޓްރީން ކުރެވުނު މަޝްވަރާތަކުގައި އެ ފަރާތްތަކުން ވަނީ ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ،“ ބަޔާނުގައި ވެެއެވެ.

މިނިސްޓްރީން ބުނީ، ފިޔާ އަދި ޒަރޫރީ ބާވަތްތައް ރާއްޖެ އަށް އެތެރެކުރުމުގައި އެއްވެސް ދަތިތަކަމެއް ނެތް ކަމަށާއި، އެފަދަ ދަތިކަމެއް ކުރިމަތިވާ ހާލަތުގައި ވެސް އެކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދަދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، ފިޔާގެ އަގު ރާއްޖޭގެ ބާޒާރުގައި ބޮޑު ކުރަމުންދާ ކަމުގަ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހެޅެމުންދާތީ 23 ވިޔަފާރިއަކުން އަގު ބަލައި އެ މިނިސްޓްރީން ދިރާސާ ކޮށްފައި ވެއެވެ.

އެ ދިރާސާއިން ދައްކާގޮތުގައި، މިދިޔަ މަހުގެ 23އާ އަޅާބަލާއިރު، މިއަދު ރާއްޖޭގެ ބާޒުގައި ފިޔާގެ އަގު 20 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް އުފުލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް