ads
ހޮނިހިރު ދުވަހު ބޭއްވި މަސްވެރިންގެ ގުންޒާރުގެ ތެރެއިން ރައީސް މުއިއްޒު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް މަސްވެރިންނާ ބައްދަލު ކުރައްވަނީ
މަސް ދޯނިފަހަރުގެ އެންވަތު ޑިޒައިން ބަދަލުކުރަން ބޭނުންވާ މަސްވެރިންނަށް މާލީ އެހީދެނީ
މަސްދޯނި ފަހަރުގައި އެން ރައްްކާކުރުމަށް ބޭނުންކުރާ، އެންވަތު ޑިޒައިންނަށް ބަދަލުގެންނަން ބޭނުންވާ ދޯނި ފަހަރަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. 

ރައީސް މިކަން އިއުލާން ކުރެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 

ރައީސް މުއިއްޒު މިރޭ ވިދާޅުވީ، ކުރީ ޒަމާނުގައި، ރެހި، ބުރަކި، މުގުރާން ފަދަ އެން ދެމުމަށް، މަސްވެރީން ވަރަށް ފަތިހު މަސައްކަތް ފަށާ ކަމަށެވެ. އަދި އެ އެމުން އެއްބައި ބައެއް ފަހަރަށް އެން ލަބަރީގައި ފަހަށް ރައްކާކުރާ ކަމަށް ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރަނީ، ރަނގަޅު މަސްވެރިކަމެއް ކުރެވޭނީ ރަނގަޅު އެމެއް ހުރެގެންކަމަށް ވާތީކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ޒަމާނަށް ބަލާއިރު އެއީ ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ.

އެންދެމުން ޓެކްނޯލޮޖީއާ ގުޅުވާލާއި، އިލްމީ އަސާސެއްގެ މައްޗަށް ދިވެހި އެންވެރިކަން އާލާކުރުމުގެ މަސައްކަތް ފުޅާކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެން ދިރުވައި ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމު ތަކެއް މިހާރު ވާނީ ފެށިފައި ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތުގެ ތެރެއިން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އައްޑު އަތޮޅުގެ ދޯންޏެއްގެ އެންވަތް ބަދަލުކޮށް، އެން ގިނަވަގުތު ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތްތަކެއް ފެށިފައިވާ ކަން ފާހަގަކުރެއްވި އެވެ. 

”ހަމަ އެހެންމެ އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދުފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ ޒަމާނުއްސުރެ ދިވެހި މަސްވެރީން ތަހައްމަލުކުރަމުން އައި، އެންމުޅަވުމުގެ މައްސަލައަށް ނިމުމެއް ގެނެވުނީ“ ރައީސް ވިދާޅުވި އެވެ.

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިރޭ ރައީސް ވިދާޅުވި އެވެ. އެގޮތުން،  ފާނާއިގެ މަސްވެރިކަން، އިހީގެ މަސްވެރިކަން، ހުއިފިލަނޑާގެ މަސްވެރިކަން ފަދަ ދާއިރާތަކަކީ ކުދި އަދި މެދުފަންތީގެ ވިޔާފާރިތަކަށް މުހިންމު ދާއިރާތަކެއް ކަމުން، އެފަދަ މަސައްކަތްކުރާ ފަރާތްތަކަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ލޯނު ލިބޭނެ ގޮތްތައް ތައާރުފުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި، އެކަމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ފަރުމަސްވެރިކަން ކުރާ ސަރަހައްދުތަކަށް އަމާޒުކޮށް އައިސްޕްލާންޓް ގާއިމްކުރުމަށް އެދޭ މީހުންނަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ޒުވާން މަސްވެރީންނަށް ހުނަރާއި، ކުރިއަރާފައިވާ ގައުމުތަކުގައި ހުރި ފަންނިއްޔާތު ދަސްކޮށްދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް، ފިޝަރީޒް ކޮލެޖެެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ވެސް މިރޭ ރައީސް ހާމަ ކުރެއްވި އެވެ. 

އެގޮތުން، ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި ގުޅިގެން، ”ފިޝަރީޒް ޓްރެއިންނިން އިސްޓިޓިއުޓް“ގެ ނަމުގައި މަސްވެރީން ތަމްރީނުކުރާ މަރުކަޒެއް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.  

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް