ads
މިިދިޔަ ހުކުރު ދުވަހު ބޭއްވި މަސްވެރިންގެ ގުންޒާރުގެ ތެރެއިން ރައީސް މުއިއްޒު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް މަސްވެރިންނާ ބައްދަލު ކުރައްވަނީ
މަސްވެރިންނަށް ނުލިބިހުރި 136 މިލިއަން ރުފިޔާ 3 ހަފްތާތެރޭ ދީފިން: ޝިޔާމް
މަސް ކިރުމަށްފަހު އެ މަހަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ނުދެވި ހުރި 136 މިލިއަން ރުފިޔާ މިހާރު އެ މަސްވެރިންނަށް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު، މަސް ކިރުމަށްފަހު އެޔަށްވާ ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ނުދެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. 

އެ ފައިސާ ނުދެވި ހުރީ މާލީ ދަތިކަމުގެ ސަބަބުން ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ސަރުކާރު ބަދަލުވުމަށްފަހު މި ސަރުކާރުން އެ ފައިސާ މަސްވެރިންނަށް ދިނުމަށް ގިނަ ހާއްސަ މަސައްކަތްތަކެއް ފެއްޓެވި ކަމަށެވެ. 

”ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި ތިން ހަފްތާތެރޭގައި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިހާރު މިވަނީ ދޫކުރެވިފައި،“ ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ އެ މަސްވެރިންގެ އާއިލާތަކަށް ދަތި އުނދަގޫ ދުވަަސްތަކެއް ތަހަންމަލު ކުރަންޖެހޭނެ ކަމެއްކަން ގަބޫލުކުރައްވާ ކަމަށެވެ. 

އަދި، މަސްވެރިން ބާނާ މަހަށް އަވަހަށް ފައިސާ ނުލިބުމާއި، ހަމަ އަގު ނުލިބުމާއި، އަަވަހަށް މަސް ނުކިރޭ މައްސަލަތަކާއި، އައިސް ލިބުމުގައި ހުރި ދަތިތައްފަދަ ބޮޑެތި ޝަކުވާތަކެއް މަސްވެރިންގެ ފަރާތުން ފާޅުކުރާ ކަމަށެވެ.

އެކަންކަމަށް ހައްލު ހޯދާދިނުމަށް ރޭވުންތެރިކަމާއެކު މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް