ads
އުއްތަމަ ފަނޑިޔާރު
ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހުށަހަޅައިފި
ޖުޑިޝަރީގެ އާއްމު އިދާރީ މުުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމެނުމަށް ހުށަހަޅައިފިއެވެ.

އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރަން ހުށަހެޅުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ. 

ހިސާން ހުށަހަޅުއްވާފައިވަނީ، 49 މިލިއަން ރުފިޔާ ޑީޖޭއޭގެ ބަޖެޓްގައި ހިމެނުމުގެ އިތުރުން ޖުޑިޝަރީގެ މުވައްޒަފުންގެ ހެލްތު އިންޝޫރެންސްއަށް ހަ މިލިއަން ރުފިޔާ ހިމެނުމަށެވެ. މި ހުށަހެޅުންތައް ހިސާން ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ  ބަޖެޓް ދިރާސާ ރިޕޯޓަށް ހުށަހެޅުއްވި އިސްލާހެއްގެ ގޮތުގައެވެ. 

ޖުޑިޝަރީގެ މުވައްޒަފުންގެ އިތުރުން، ޖޭއެސްސީގެ އާއްމު އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށާއި އެ މުވައްޒަފުންގެ ހެލްތު އިންޝޫރެންސް ބަޖެޓުގައި ހިމެނުމަށްވެސް ހިސާން ހުށަހެޅުއްވިއެވެ. 

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަރުހަލާ މަޖިލީހުގައި މިހާރުވަނީ ފެށިފައެވެ. އެކަމުގެ ބަހުސްތަކާއި ކޮމިޓީ މަރުހަލާ މިހާރުވަނީ ފެށިފައެވެ. 

82%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް