ads
ކުރީގެ ރައީސް ޔާމީން ޕީއެންއެފަށް ސޮއިކުރައްވަނީ
ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރައްވަން ވަޑައިގެންނެވި މައްސަލަ ބަަލަނީ
ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން އުޅުއްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއި ކުރައްވަން ވަޑައިގެން މައްސަލަ ބަލަމުން އަންނަ ކަމަށް ކަރެކްޝަންސްއިން ބުނެފި އެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ސީއެންއެމް" އަށް ވިދާޅުވީ ރައީސް ޔާމީން ޕީއެންއެފްގެ އޮފީހަށް ރޭ ވަޑައިގަތް މައްސަލަ އެ މުއައްސަސާއިން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ޕީއެންއެފްގެ އޮފީހަށް ރައީސް ޔާމީން ވަޑައިގެންފައި ވަނީ އެ ޕާޓީއަށް ސޮއިކުރެެއްވުމަށެވެ.

މިއީ ރައީސް ޔާމީނު ގެއަށް ބަދަލުކުރެއްވުމާ އެކު، ޕާޓީއެއްގެ އޮފީހަކަށް ވަޑައިގަތުމާ ގުޅިގެން އެ މައްސަލަ ބަލާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ރައީސް ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގަތް މައްސަލައެއް ބެލި ނަމަވެސް އެކަމާ ގުޅިގެން ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނޫން ކަމެއް ކަރެކްޝަނުން ހާމައެއް ނުކުރެ އެވެ.

ޔުސްރީން ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނާ ގޮތުން ގައިދީއަކަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރަން ހުރަހެއް ނެތް ކަމަށެވެ. އެހެންނަމަވެސް ހުކުމެއް ތަންފީޒުކުރަމުން އަންނަ މީހަކު އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ގާނޫނާ ހިލާފު ކަމަށް ޔުސްރީން ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ބެހެއްޓުމަށްފަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމާ ގުޅިގެންނެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް