ads
ލަހްފާ
ޗެނަލް 13ގެ ޕްރެޒެންޓަރު ލަހުފާއަށްވެސް ނައިބުކަން
ޗެނަލް 13 ގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޒުވާން ޕްރެޒެންޓަރ ލަހުފާ ހަލީލަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރުގެ ނައިބުކަން ދެއްވައިފިއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރުގެ ނައިބު ކަމަށް ޒުވާން ޕްރެޒެންޓަރު އައްޔަން ކުރިކަން ސަރުކާރުން ރަސްމީކޮށް އަދި ހާމަ ނުކުރިނަމަވެސް އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި މިހާރު ލަހުފާއަށް މަރުހަބާ ކިޔަމުންނެވެ. 

ލަހުފާއަކީ ޗެނަލް 13 ގެ ޕްރެޒެންޓަރެއްގެ އިތުރުން އެ ޗެނަލްގެ ޑެޕިއުޓީ އެޑިޓަރެވެ. 

ހުނަރުވެރި ޕްރެޒެންޓަރު ލަހުފާއަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލް ޝަހްސިއްޔަތެކެވެ. ވެރިކަމަށް ޑރ. މުއިއްޒު އިންތިހާބުވުމުގެ ކުރިން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު ބޮޑެތި ގިނަ ކަވަރޭޖްތަކުގައި ދޫފަރިތަކަމާއެކު ލަހުފާ ހަރަކާތްތެރިވިއެވެ. 

ލަހުފާއާއެކު އެ މިނިސްޓްރީގައި މިހާރު ތިން ނައިބުން އެބަތިއްބެވިއެވެ. އަދި އޭގެ އިތުރުން އެ މިނިސްޓްރީގައި އެއް ސްޓޭޓް މިނިސްޓަރު ހުންނަވައެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް